މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ރ. ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުގައި ތެލުގެ ވިއުގަފުޅާކުރުމާއި ތެޔޮރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް (އިސްލާހުކުރެވިފައި)

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު(އިސްލާޙުރެވިފައި)  

 

ރ.ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުގައި ތެލުގެ ވިއުގަފުޅާކުރުމާއި ތެޔޮރައްކާކުރެވޭ މިންވަރު އިތުރުކުރުކުރުމުގެ މަސައްކަތް

 

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

ޕްރޮޖެކްޓް ރެފަރެންސް ނަންބަރު: MV-MEE-158461-CW-RFB

 

1. ދިވެހި ސަރުކާރަށް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.އީ. ސީ. ޕީ) ދަށުން ރ.ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުގައި ތެލުގެ ވިއުގަފުޅާކުރުމާއި ތެޔޮރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތަކުރުމަށް ވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެދިލެއްވުމުގެ މަތިން މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.އީ. ސީ. ޕީ) ދަށުން ރ. ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުގައި ތެލުގެ ވިއުގަފުޅާކުރުމާއި ތެޔޮރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ކުރި މިމިނިސްޓްރީގެ (IUL)13-K/13/2021/55  ( 18 ފެބުރުވަރީ 2021 )އިޢުލާނުގައިވާ ނަންބަރު 3 ތިރީގައިވާ ގޮތަށް އިސްލާޙުކޮށްފީމެވެ. ވީމާ މި މަސައްކަތްތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

4. މި މަސައްކަތަށް  ޝަރުތުހަމާވާ ފަރާތަށް މަސައްކަތް އެވޯރޑުކުރުމުގެ ކުރިން އެފަރާތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" (ގަވައިދު ނަންބަރު 2019/R-1019)ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަން، ނުވަތަ އިސްވެދެންނެވުނު ޤަވައިދުގައި ބަޔާން ކުރާގޮތަށް ރަޖިސްޓްރީވެވޭނެ ފަރާތެއްކަން ކަށަވަރުކޮށްދޭންވާނެއެވެ.

5. މިބީލަމުގައި ބައިވެރިވުމަށް  -/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 21 ފެބުރުވަރީ 2021 އިން 31 މާރިޗު 2021 އަށް،  މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ. 

6. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 22 ފެބުރުވަރީ 2021 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

7. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 11 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/25,000 (ފަންސަވީސް ހާސް) ދިވެހި ރުފިޔާ  ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 118 ދުވަހެވެ.

9. ބިޑު ހުޅުވުން އޮންނާނީ 1 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : 3349296,(960)3349147 (960)

އީމެއިލް  :  [email protected]

ކޮޕީ   : [email protected]

21 ފެބުރުވަރީ 2021
ހޯދާ