ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ. އެހެންކަމުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް އެދޭ ފަރާތްތަކަށް 21 ފެބުރުއަރީ 2021 އިން 21 މާރޗް 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އެކަމަށް އެދޭ ފޯމު ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން 21 ފެބުރުއަރީ 2021 އިން 21 މާރޗް 2021 ވަނަ ދުވަހުގެ ނިއަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 10.00 ން 13.00 އަށް މިއިދާރާގައި ކުރިއަށްދާނެއެވެ. ފޯމު ބަލައި ގަތުމަށް ހަމަ ޖެހިފައިވާ ސުންގަޑީގެ ފަހުން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ފޯމު ހުށައަޅުއްވާއިރު ފޯމާއެކު ގެންނަން ޖެހޭ ތަކެތި ހަމައަށް ގެންނެވުމަށް ސަމާލުކަން ދެއްވުމަށްވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
