ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދެއްވާނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.
9 މާރިޗް 2121 އިން 31 ޑިސެމްބަރ 2121 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރެޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބަނޑިދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| ތަފްސީލް | ތަން | ތާރީޚް | ދުވަސް | ގަޑި | 
| މަޢުލޫމާތު ދިނުމުގެ ބައްދަލުވުން | ބަނޑިދޫ ސްކޫލް އޮފީސް | 23 ފެބްރުއަރީ 2021 | އަންގާރަ | 11:00 | 
| އަންދާސީ ހިސާބު ހުށަހެޅުއްވުމަށް | ބަނޑިދޫ ސްކޫލް އޮފީސް | 02 މާރިޗް 2021 | އަންގާރަ | 11:00 | 
ސެކިއުރިޓީ ބެލެހެއްޓުމަށް އަންދާސީހިސާބު ހުށަހެޅުއްވާ ފަރާތަކީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން (ސެކިއުރިޓީ ބެލެހެއްޓުމަށް ރަޖިސްޓަރީ) ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅާ އަކީ ކޮން ފާރާތެއް ތަމްސީލް ކުރާ ބޭފުޅެއްކަން އަންގައިދޭ ލިޔުމަކާއި އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަންއަންގަދޭ ކާޑް އަދި ކުންފުނި ނުވަތަ ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ގެނައުމަށް ހަނދުމަފުޅުބެހެއްޓެވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952916 ނަމްބަރ ފޯނާއެވެ.
 
                    