މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީން ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ހދ.ހޮނޑައިދޫ، ށ.ނަލަންދޫ އަދި ނ.މިނާވަރުގެ ވެލުއޭޝަން އޯޑިޓް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

`

  (IUL)30-C/30/2021/38 :ނަންބަރު

              2 ވަނަ އިޢުލާން

އިޢުލާން

 

                މި މިނިސްޓްރީން ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ހދ.ހޮނޑައިދޫ، ށ.ނަލަންދޫ އަދި ނ.މިނާވަރު ދައުލަތުގެ ބޭނުމަކަށް ސަރުކާރުން ނަގަށް ކަނޑައަޅުއްވާފައިވާތީ، އެ ރަށްރަށަށް ކޮށްފައިވާ އިންވެސްޓްމަންޓް ދެނެގަތުމަށްޓަކައި ވެލުއޭޝަން އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-C/30/2021/19        (03 ފެބްރުއަރީ 2021) އިޢުލާނާއި ގުޅިގެން ލިބިފައިވާ ބީލަންތަކުގެ ޝަރުތު ފުރިހަމަނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

                ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މިމަސައްކަތްކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރަންސް ހޯއްދެވުމަށް، މިމިނިސްޓްރީގެ އީމެއިލް [email protected] އަށް 24 ފެބްރުއަރީ 2021 13:00 ގެ ކުރިން، މެއިލް ކުރެއްވުން ލިބިލައްވާނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ.

 

               މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339204 އަދި 3339282 ނަންބަރު ފޯނަށެވެ.

 

16 ފެބުރުވަރީ 2021
ހޯދާ