ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި މނިސްޓްރީން ކުރި ނަންބަރު (IUL) 13-K/13/2020/61 އަދި (IUL) 13-K/13/2020/67 އިއުލާނުތައް ތިރީގައިވާ ގޮތަށް އިސްލާޙުކޮށްފީމެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
|
ޕްރޮކިއުމަންޓް ނަންބަރު |
ޕްރޮކިއުމަންޓުގެ ނަން |
ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާ (ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން) |
|
TES/2020/W-021 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން އދ.ފެންފުށި ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް |
225,000.00 |
|
TES/2020/W-042 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ލ.ގަން ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް |
225,000.00 |
|
TES/2021/W-023 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތ.ކަޑޫދޫ ބަނދަރު ރީކޮންސްޓްރަކްޝަން މަސައްކަތް |
225,000.00 |
2. މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ރާއްޖެއިންބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެއެވެ. އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާ"އި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވޭނެކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
4. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 24 ފެބުރުވަރީ 2020 އިން 15 މާރިޗު 2021 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https:// bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.
5. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 21 ފެބުރުވަރީ 2021 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަންތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަތަކަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
6. މި މަސައްކަތްތަކަށް ހުށަހަޅަންޖެހޭ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
7. މި މަސައްކަތްތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 1 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
8. ބީލަންތައް ހުޅުވުން އޮންނާނީ 16 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ ،
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 3349296,(960)3349147 (960)
އީމެއިލް : [email protected]
ކޮޕީ : [email protected]
