ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ތިރީގައިވާ ތާވަލުގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
|
ޕްރޮކިއުމަންޓު ނަންބަރު |
ޕްރޮކިއުމަންޓުގެ ނަން |
ބިޑް ސެކިޔުރިޓީ ޢަދަދު ދިވެހި ރުފިޔާއިން |
|
TES/2021/W-013 |
ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި 18 ކްލާސްރޫމް އިމާރާތްކޮށްދިނުމުގެ މަސައްކަތް |
100,000.00ރ |
|
TES/2021/W-014 |
ތ. ބުރުނީ ސްކޫލްގައި 6 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް |
30,000.00ރ |
|
TES/2021/W-015 |
މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމާއި ކޮމްޕިއުޓަރ ލެބް އިމާރާތުގެ މަސައްކަތް- ފުވައްމުލައް ސިޓީ |
85,000.00ރ |
|
TES/2021/W-017 |
ފުވައްމުލަކު ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް- ފުވައްމުލައް ސިޓީ |
50,000.00ރ |
|
TES/2021/W-018 |
ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 12 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް- ލ. ފޮނަދޫ |
60,000.00ރ |
|
TES/2021/W-019 |
ތ. ގާދިއްފުށީ ސްކޫލުގައި 10 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް |
50,000.00ރ |
|
TES/2021/W-020 |
ލ. މާވަށު ސްކޫލުގައި 09 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް |
45,000.00ރ |
|
TES/2021/W-021 |
ތ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް- ތ. ގުރައިދޫ |
30,000.00ރ |
|
TES/2021/W-022 |
ތ. ވޭމަންޑޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް |
30,000.00ރ |
|
TES/2021/W-023 |
ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް- ވ. ފެލިދޫ |
28,000.00ރ |
|
TES/2021/W-024 |
ވ. ކެޔޮދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް |
28,000.00ރ |
2. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ރާއްޖެއިންބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީ ވާކަން ނުޖެހޭނެއެވެ. ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެއެވެ. އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާ"އި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވޭނެކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.
3. މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
4. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 14 ފެބުރުވަރީ 2021 އިން 7 މާރިޗު 2021 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.
5. މި މަސައްކަތްތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން 15 ފެބުރުވަރީ 2021ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
6. މި ޕްރޮޖެކްޓުތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 23 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
7. މި ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
8. ބީލަން ހުޅުވުން އޮންނާނީ 8 މާރިޗު 2120 ވާ ހޯމަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : +960 3349296,+960 3349191+960 3349147
އީމެއިލް : [email protected]
ކޮޕީ : [email protected]
