ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL)30-E3/30/2021/29
އިޢުލާން
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ގުޅޭ މުޢާމަލާތްތައްކުރާ ފަރާތްތަކުގެ ސަމާލުކަމަށް
ޤާނޫނު ނަންބަރު: 2019/21 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު: 2021/R-12 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދު) ވަނީ 27 ޖަނަވަރީ 2021 ގައި ދިވެހިސަރުކަރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައެވެ.
މިގޮތުން، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު އިމްޕޯޓްކުރުމަށާއި، ވިއްކުމަށާއި، އަލުން ބަންދުކުރުމަށާއި، އުފެއްދުމަށާއި އެކްސްޕޯޓްކުރުމަށް ލައިސަންސް ހޯދައި، ލައިސަންސްގެ ދަށުން އައު ޕެސްޓިސައިޑް އެތެރެކުރުމުގެ ހުއްދަހޯދައި ޝިޕްމަންޓްތަކގެ ނޯޓިފިކޭޝަން ދިނުމަށް ގަވާއިދުގައިވާނީ ބަޔާންކުރެވިފައެވެ.
ނަމަވެސް، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދުގެ 83 ވަނަ މާއްދާގެ ދަށުން، މި ގަވާއިދަށް ޢަމަލު ކުރުމަށްޓަކައި ނުވަތަ މި ގަވާއިދު ތަންފީޛު ކުރުމަށްޓަކައި ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމާ ގުޅުންހުރި އުސޫލުތަކާއި، މިންގަނޑުތައް ހަދައި ހިންގުމުގެ ބާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަސް ތެރޭގައި، ބުނެވިދިޔަ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އުސޫލުތަކާއި މިންގަނޑުތައް ހަދައި އާންމުކޮށް އިޢުލާންކުރެވޭނެއެވެ.
އެހެންކަމުން، މި އިންތިޒާމުތައް ހަމަޖައްސައި އާންމުކޮށް އިޢުލާން ކުރެވެންދެން، މިހާރުވެސް އަމަލުކުރަމުންދާ މިނިސްޓްރީ އޮފް ޑިފެންސްގެ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެ ގެނައުން މަނާ ތަކެތީގެ ޤާނޫނު)ގެ ދަށުން "މަކުޑި ޕޯޓަލް"އިން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން ހުއްދަތައް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ގުޅޭ މުޢާމަލާތްކުރައްވާ ފަރާތްތަކުގެ މަޢުލޫމަތައްޓަކައި ދެންނެވީމެވެ.
25 ޖުމާދަލްއާޚިރާ 1442
7 ފެބުރުވަރީ 2021
 
                    