ދިވެހިރާއްޖެ
(IUL)30-C/30/2021/20 :ނަންބަރު
2 ވަނަ އިޢުލާން
އިޢުލާން
މިމިނިސްޓްރީގެ އޮއިވާލި ކަނދުފަތި ޤާއިމުކުރުމަށް ބޭނުންވާ ތަކެތި، މިނިސްޓްރީގެ ފެޑް ސެންޓަރ (ހުޅުމާލެ) އަށް ސަޕްލައިކޮށް، ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)30-C/30/2021/9 (21 ޖެނުއަރީ 2021) އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުވުމާއި ގުޅިގެން، އެ އިޢުލާނުގެ ދަށުން ލިބިފައިވާ އަންދާސީ ހިސަބުތައް ބާޠިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 09:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 09:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339267 އަދި 3339282 ނަންބަރު ފޯނަށެވެ.
21 ޖުމާދުލްއާޙިރާ 1442