މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ ހޮޓްޑިޕް ގަލްވަނައިޒްޑް ޗެއިން ސަޕްލައިކޮށް ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދުމަށް

(IUL)30-C/30/2021/18 :ނަންބަރު

 

1 ވަނަ އިޢުލާން

އިޢުލާން

                  މިމިނިސްޓްރީގެ ބޭނުމަށް ޤާއިމުކުރާ ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ ތިރީގައިވާ ތަކެތި ތައްޔާރުކޮށް ފެޑް ސެންޓަރަށް (ހުޅުމާލެ) އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންއެވެ.

-         ހޮޓްޑިޕްގަލްވަނައިޒްޑްޗެއިން

ތަކެތި ގެންދަންޖެހޭތަން: ހުޅުމާލޭގައިހުންނަމިމިނިސްޓްރީގެފެޑްސެންޓަރ

 

                ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި އަދި ފޯރުކޮށްދޭންޖެހޭ ތެކެތީގެ މައުލޫމާތު މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

 

               މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339282 އަދި 3339267 ނަންބަރު ފޯނަށެވެ.

 

              20 ޖުމާދުލްއާޙިރާ 1442

02 ފެބުރުވަރީ 2021
ހޯދާ