ދިވެހިރާއްޖެ
އިޢުލާން ނަންބަރު:FNK-I/IUL/2021/041
އިޢުލާން
މި ކުންފުންޏަށް ބޭނުންވާ 1500 ކޭ.ޖީ ޕިކަޕެއް ގަތުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް 1500 ކޭ.ޖީ ޕިކަޕެއް ގަންނަން ކުރެވުނު އިޢުލާނަށް ފުރިހަމަ ތަރުޙީބު ނުލިބުމުގެ ސަބަބުން އަލުން އެފުރުސަތު ހުޅުވާލީމެވެ. މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ ހާސް (2,000.00 USD) ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.
ބިޑް ސެކިއުރިޓީ ވާންވާނީ:
- އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ (ނުވަތަ)
- ބޭންކް ގެރެންޓެޑް އަދި ސްޓޭމްޕް ޖަހާފައިވާ ޗެކެއް (ނުވަތަ)
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.
ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނީ އަންދާސީ ހިސާބު ހުށަހަޅުއްވާ ކުންފުނީގެ ނަމުގައެވެ. ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ. މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.
|
|
ތާރީޚް |
ވަގުތު |
|
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
26 އިން 28 ޖެނުއަރީ 2021 |
09:00 އިން 14:00 |
|
މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) |
01 ފެބްރުއަރީ 2021 |
14:00 މެންދުރު |
|
އަންދާސީ ހިސާބު ހުށަހެޅުން |
04 ފެބްރުއަރީ 2021 |
10:00 ހެންދުނު |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.
ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
