މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ކެމިކަލްސް މެނޭޖްކުރުމަށް ޤާނޫނީ އޮނިގަނޑެއް ތައްޔާރުކުމަށް ކޮންސަލްޓެންސީ މަސައްކަތަށް ޝައުޤުވެރިވާ ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ކުރެވުނު އިއުލާނާއި ގުޅޭ

ކެމިކަލްސް މެނޭޖްކުރުމަށް ޤާނޫނީ އޮނިގަނޑެއް ތައްޔާރުކުމަށް ކޮންސަލްޓެންސީ މަސައްކަތަށް ޝައުޤުވެރިވާ ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތްތަކަށް ބީލަން ހުށަހެޅުމުމަށް ކުރެވުނު އިއުލާން (IUL)438-ENV/438/2021/17 ( 25  ޖަނަވަރީ 2021) އާއި ޙަވާލާދީ ދަންނަވަމެވެ.

މިމަސައްކަތުގެ ބީލަން ހުށަހެޅުމަށް ކުރިން ދެވިފައިވަނީ 03 ފެބުރުވަރީ ވާ ބުދަ  ދުވަހު 1100 އެވެ. ނަމަވެސް، ބީލަން ހުށަހެޅުމަށް ދެވިފައިވާ މުއްދަތު ކުރުކަމަށް ފާހަގަ ކޮށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް އެދި ގިނަ ފަރާތްތަކަކުން އެދިފައިވާތީ، މިމަސައްކަތުގެ ބީލަން ހުށަހެޅުން 11 ފެބުރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 1100 އަށް ބަދަލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އަދި އިޢުލާން ނަންބަރު (IUL)438-ENV/438/2021/17 ގުޅިގެން އެއްވެސް ސުވާލެއްވާނަމަ، 08 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ 1000 ގެކުރިން ހުށެއެޅޭނެއެވެ.  

25 ޖަނަވަރީ 2021
ހޯދާ