ދިވެހިރާއްޖެ
ނަންބަރު: (IUL)30-C/30/2021/11
1 ވަނަ އިޢުލާން
އިޢުލާން
މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339264 އަދި 3339282 ނަންބަރު ފޯނަށެވެ.
11 ޖުމާދުލްއާޙިރާ 1442
24 ޖެނުއަރީ 2021