ދިވެހިރާއްޖެ
ރަށުގެ އިޖުތިމާއީ ސަރަހައްދުތަކާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް 2021 ޑިސެމްބަރ ގެ ނިޔަލަށް ކުނިކަހާ ސާފުކުރުމަށް މަސައްކަތްކުރާނޭ މީހުން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން 31 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމަށް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
|
މަޤާމު. |
މަސައްކަތު |
|
މަޤާމްގެ ނަންބަރު. |
- |
|
ބޭނުންވާ ޢަދަދު. |
30 (ތިރީސް) |
|
މަޤާމުގެ ގިންތި |
މަސައްކަތު |
|
މަޤާމުގެ ރޭންކް. |
ކޮންޓްރެކްޓް |
|
މަޤާމުގެ ކްލެސިފިކޭޝަން. |
ސަޕޯޓް ސަރވިސް |
|
ވަޒީފާ އަދާކުރަންޖެހޭ ތަން. |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ، ހއ. އިހަވަންދޫ |
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން. |
މުނިސިޕަލް ސަރވިސް ( އިހަވަންދޫ ކައުންސިލް އިދާރާ ) |
|
މުސާރަ. |
މަސައްކަތް ކުރާ ގަޑިއަކަށް -/50 (ފަންސާސް ރުފިޔާ) |
|
މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑި |
|
|
ޝަރުޠު |
|
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު. |
މި މަޤާމަށް މީހަން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 ފެބުރުވަރީ 01 ން 2021 ފެބުރުވަރީ 10 ދުވަހާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. |
|
އިތުރު މައުލޫމާތު. |
މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލް ކޮށްގެން ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމްފޮނުއްވި ފަރާތުގެ ޒިންމާއެކެވެ. |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
