ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ބެކަޕް ސްޓޯރޭޖް ސާރވަރ ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ދެންނެވިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން 20 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް، މި އިދާރާގެ އީމެއިލް، [email protected] އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުއްވުން: ކޮޕީ: [email protected] ޝައުޤްވެރިކަން ފާޅުކުރާ މަސައްކަތުގެ އިޢުލާން ނަންބަރު: 57-T/IU/2021/01 ކުންފުނި/ ވިޔަފާރީގެ ނަން: ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު: އީމެއިލް އެޑްރެސް:  | 
 ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން  | 
| 
 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮންނާނެއެވެ.  | 
 ޕްރީ ބިޑް މީޓިންގ އާއި ބެހޭ މަޢުލޫމާތު 
  | 
| 
 ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތާރީޚާއި ގަޑި: 01 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 10:00 ނޯޓް: ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށް އަދި މައުލޫމާތު ސެޝަންއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.  | 
 ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި 
  | 
