މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ކޮންސަލްޓިންގ ސަރވިސަސް ފޯ ޕްރިޕެރޭޝަން އޮފް ޑީޓެއިލް ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން އޮފް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ކޯޑިނޭޝަން ސެންޓަރ (އީ.އޯ.ސީ.ސީ)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކޮންސަލްޓިންގ ސަރވިސަސް ފޯ ޕްރިޕެރޭޝަން އޮފް ޑީޓެއިލް ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން އޮފް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ކޯޑިނޭޝަން ސެންޓަރ (އީ.އޯ.ސީ.ސީ) 

MV-MONPI-153570-CS-QCBS ރިފަރެންސް ނަންބަރު: ] 

މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއަންސް ޕްރޮޖެކްޓް

Grant no: IDS V292-MV

1. ވޯރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބުމަށް ހަމަޖެހިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއަންސް ޕްރޮޖެކްޓް" ގެ ދަށުން " ކޮންސަލްޓިންގ ސަރވިސަސް ފޯ ޕްރިޕެރޭޝަން އޮފް ޑީޓެއިލް ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން އޮފް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ކޯޑިނޭޝަން ސެންޓަރ (އީ.އޯ.ސީ.ސީ)" ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމްކޮށްދިނުމެވެ. މީގެތެރޭގައި މިމަސައްކަތުގެ ޑިޒައިން އިމްޕްލިމެންޓޭޝަން ކޮންސްޓްރަކްޝަން، އިކުއިޕިންގ އަދި އިންސްޓޮލޭޝަން ފޭސް ސުޕަވައިޒްކުރުމުގެ މަސައްކަތް ހިމެނެއެވެ.  މިމަސައްކަތުގެ މުއްދަތަކީ ކޮންޓްރެކްޓްގައި ސޮއިކުރާ ތާރީޙް ފެށިގެން  18 މަސް ދުވަހެވެ.

4. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރެފެރަންސް (ޓީ.އޯ.އާރު) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

5. މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވާރލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

6. މި ކޮންސަލްޓަންޓަންސީ މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް  ޖޮއިންވެންޗަރ (ޖޭވީ)ގެ ގޮތުގައި ހުށަހެޅިދާނެއެވެ. މި ގޮތަށް ހުށަހަޅާއިރު  ޖޮއިންވެންޗަރ (ޖޭވީ) ނުވަތަ ސަބްކޮނަސަލްޓަންސީއެއް ކަން ސާފުކޮށް އެގެން އޮންނަން ވާނެއެވެ. ޖޮއިންޓް ވެންޗަރގެ ގޮތުގައި ކުރިމަތިލުމަށްފަހު މި މަސައްކަތަށް ހޮވިއްޖެނަމަ، މިމަސައްކަތުގައި ދިމާވާ ކޮންމެ ކަމެއްގައި ހުރިހާ ފާރމް ތަކަކުން ހަމަހަމައަށް ޒިންމާ ނަގަންޖެހޭނެއެވެ.

7. މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެހެން ފާރމްތަކާއި އެސޯސިއޭޓްވެގެން ކުރިމަތި ލެވޭނެއެވެ. މިގޮތުން އެހެން ފާރމްއަކާއި އެސޯސިއޭޓް ވާނަމަ، އެސޯސިއޭޝަންގެ ބާވަތް (ޖޮއިންޓް ވެންޗަރ ނުވަތަ ސަބްކޮންސަލްޓަންޓް) ލިޔުމުން އަންގަންވާނެއެވެ. ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ކުރިމަތިލުމަށްފަހު މި މަސައްކަތަށް ހޮވިއްޖެނަމަ، ކޮންޓްރެކްޓްގެ ކޮންމެ ކަމެއްގައި ބައިވެރިވާ ހުރިހާ ފާރމްތަކަކުން ހަމަހަމައަށް ޒިންމާ ނަގަންޖެހޭނެއެވެ.

8. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 0800 އިން 1400 އަށް ލިބިވަޑައިގަންނަވާނެއެވެ.

9. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓު www.finance.gov.mv  ގައި ޝާޢިއު ކުރެވިފައިވާނެއެވެ.

10. ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖަނަވަރީ ވާ ހޯމަ ދުވަހު 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން: 9603349296+| 9603349106+| 9603349147+

އީމެއިލް  : [email protected]

ކޮޕީ: [email protected]

10 ޖަނަވަރީ 2021

 

10 ޖަނަވަރީ 2021
ހޯދާ