ނަންބަރ: MTCC-HRD -IU-2020-364
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ އަދި ޕްރޮޖެކްޓް ސައިޓުގައި މަސައްކަތްކުރާނެ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
|
ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަޤާމުތައް:
|
|
މަޤާމް:
|
ސައިޓް މެނޭޖަރ
|
|
ބޭނުންވާ އަދަދު:
|
|
|
ވަޒީފާގެ ބާވަތް:
|
- ކޮންޓްރެކްޓް – 1 އަހަރު ނުވަތަ ޕްރޮޖެކްޓް މުއްދަތަށް
|
|
މުސާރައާއި ޢިނާޔަތްތައް
|
- ޖުމްލަ މުސާރަ: 20،000 -22،000
- ސްޓާފް މެޑިކަލް އިންޝޫރެންސް.
- ޕެންޝަން ސްކީމް.
|
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
- ފަރެސްމާތޮޑާ އެއަރޕޯޓް ޕްރޮޖެކްޓް ސައިޓް
|
|
ޝަރުޠު
|
- ޑިޕްލޮމާ ނުވަތަ ހިންގުމުގެ ތަޖުރިބާ، ނުވަތަ މި މަޤާމަށް ބޭނުންވާ ޢިލްމާއި، ހުނަރާއި ޤާބިލިއްޔަތު ހުންނާނެކަން ކަށަވަރުވާފަދަ ތަޢުލީމާއި ތަޖުރިބާ ހުރުން.
- ނަރުދަމާގެ ޕްރޮޖެކްޓެއްގައި، ޢިމާރާތްކުރުމާބެހޭ މަސައްކަތެއް ނުވަތަ ސާރވޭ ކުރުމާއި ގުޅުންހުރި މަސައްކަތެއްގެ މަދުވެގެން 2 އަހަރާ ދެމެދުގެ ތަޖުރިބާ ހުރުން.
- އެއްފަހަރާ ގިނަ މަސައްކަތްތައް ކޮށް ނިންމުމާއި، މަސައްކަތުގެ ބުރަ ތަޙައްމަލުކުރުމާއި، ތަފްޞީލީ ގޮތެއްގައި ކުރާ މަސައްކަތްތަކާއި ކުރުމާއި، އަމިއްލައަށް ނިންމުންތައް ނިންމުމާއި، ކަނޑައެޅިފައިވާ މުއްދަތަށް ކަންކަން ނިންމުމުގެ ޤާބިލްކަން ލިބިފައިވުން.
- އެއް ޙާލަތުން އަނެއް ޙާލަތަށް ފަސޭހަކަމާއެކު ބަދަލުވުމަށާއި، ކަންކަން ފުނަށް ވަޒަންކުރުމާއި، އެހެން ފަރާތްތަކާއެކު ހަރުދާ ގުޅުމެއް ޤާއިމްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
- ދަށުން މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބެލެހެއްޓުމުގެ ޤާބިލްކަން ލިބިފައވުން.
- މުވާޞަލާތުކުރުމާއި، މައްސަލަ ޙައްލުކުރުމާއި، އެކިއެކި ކަންކަން ވަޒަންކުރުމާއި، އަމިއްލައަށް ނިންމުންތައް ނިންމުމުގެ ޤާބިލްކަން މަތީ ދަރަޖައަކަށް ލިބިފައިވާކަން ފެނުން.
- އެއްފަހަރާ ގިނަ މަސައްކަތްތައް ކުރަންޖެހޭ ޓީމަކާއެކު އެކީގައި މަސައްކަތްކުރަންޖެހޭ މާހައުލެއްގައި، މާ ބޮދަށް ސުޕަރވައިޒްކުރަން ނުޖެހޭ ގޮތަކަށް މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
- ކަންކަމުގައި ޚިޔާލު ދެވޭނެ، އެ ފަދަ ޚިޔާލުތައް އަނގަބަހުންނާއި ލިޔުމުން ސާފުކޮށް ބަޔާންކުރެވޭނެ ފަރާތެއް ކަމުގައިވުން.
- މައިކްރޯސޮފްޓް އޮފީސްގެ ޕެކޭޖްތަކަށް ފަރިތަވުން.
-
|
|
ވަޒީފާގެ މަސްޢޫލިއްޔަތުތައް:
|
|
|
އިންޓަރވިއު:
|
- މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 03 ޖެނުއަރީ 2021 އާ 10 ޖެނުއަރީ 2021 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
|
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތ 02 ޖެނުއަރީ 2021 ވަނަ ދުވަހުގެ 00:00 ގެ ކުރިންއެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
ވެބްސައިޓް: https://mtcc.mv/careers/
ފޯން: 3001149/ 3001127 / 3001120
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
30 ޑިސެންބަރ 2020