ޅޮހީ ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަަހަރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 2021 ވަނަ އަަހަރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

    މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

  މި މަސައްކަތަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 2014 / 18 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 2014 / 19 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށާއި ޖަމްއިއްޔާ ތަކާ ބެހޭ ޤާނޫނު ނަންބަރު ( 2013 / 1 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާއަތްތަކަށެވެ.

  ވިމާ 1 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހު 11:00 އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 11:00 އަށް މިސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 7:00 ށް (14 ގަޑި އިރު) ސެކިއުރިޓީ ބަލަހައްޓަންވާނެއެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑި އިރު ސެކިއުރިޓީ ބަލަހައްޓަން ވާނެއެވެ. 

  މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލުގެ ފޯނު ނަންބަރު 6560573 އާއި ގުޅުއްވުން އެދެމެވެ.

22 ޑިސެމްބަރ 2020

22 ޑިސެންބަރު 2020
ހޯދާ