ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކ.މަނިޔަފުށީގައި ބޭނުންކުރަމުންދާ އާރު.އޯ ޕްލާންޓް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އާރ.އޯ ޕްލާންޓް ސާވީސް ކުރުމަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ކ.މަނިޔަފުށީގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާ ފަރާތްތަކުން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 16 ޑިސެމްބަރ 2020 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މެރީ ބްރައުންނާ ދިމާ ޖެޓީއިންނެވެ. އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަމަ އެދުވަހުގެ މަޢުލޫމާތު ސެޝަން ނިމުމުންނެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވަހާކަ ދަންނަވަމެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ އީމެއިލްއަށް، ވިޔަފާރީގެ ނަން، ގުޅޭނެ ފަރާތުގެ ނަމާއި ނަންބަރު އަދި އީމެއިލް އެޑްރެސް ފޮނުވުމަށް ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3028702، 3028703 އަދި 3339282 ނަންބަރު ފޯނަށެވެ.