ދިވެހިރާއްޖެ
މިޑިޕާޓްމަންޓްގެ ރިސެޕްޝަން އޭރިއާގައި އަޅާފައިވާ ލަކުޑި ޑެގްގައި އަޅާފައިވާ ޕްލައިވްޑް ފިލާގެ ބަދަލުގައި ފައިބަރ ފިލާއަށް ބަދަލުކުރުމާއި، އަދި ރިސެޕްޝަން އޭރިއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2020 ޑިސެމްބަރ 10 ވާ ދުވަހުގެ 11:00 ގައި މިޑިޕާޓްމަންޓުގައި އޮންނާނެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ޑިސެމްބަރ 20 ވަނަ ދުވަހުގެ 11:00އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.