ގާދިއްފުށީ ސްކޫލް، ތ. ގާދިއްފުށި
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

             ކޮންޓްރެކްޓް އުސޫލުން މީލާދީ 1 ( އެކެއް ) އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                 ވީމާ މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރ: 18/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ) ފަރާތްތަކުން ތިރީގައިވާ މި ދަންނަވާ ގޮތަށް ޢަމަލު ކުރެއްވުން އެދެމެވެ.

  • މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2020 ޑިސެމްބަރ 3 އިން 7 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 08.00 އިން 13.00 އަށް ގާދިއްފުށީ ސްކޫލުގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރުން އެދެމެވެ.
  • މި މަސައްކަތާ ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ  2020 ޑިސެމްބަރ  7 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. 
  • މި މަސައްކަތާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޑިސެމްބަރ 8 ވާ އަންގާރަ ދުވަހު 13.00 ގައި ގާދިއްފުށީ ސްކޫލުގެ އިދާރާ ގައެވެ.
  • ބިޑް ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި ގާދިއްފުށީ ސްކޫލުގެ އިދާރާ ގައެވެ.               

ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ގާދިއްފުށީ ސްކޫލް / ތ.ގާދިއްފުށި

ނަމްބަރ: 7374474 ، 7904937

އީމެއިލް : [email protected]

03 ޑިސެންބަރު 2020
ހޯދާ