މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

ރ.މަޑުއްވަރީގައި ޤާއިމްކުރަން ފަށާފައިވާ 25 ޓަނުގެ (50 ޓަނުގެ ސްޓޯރޭޖާއެކު) އައިސްޕްލާންޓްގެ ނުނިމި ހުރި މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރޮޖެކްޓްނަންބަރު

ޕްރޮޖެކްޓްނަން

ޕްރޮޖެކްޓްބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ގެރެންޓީ ދިވެހި ރުފިޔާ     ( ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން )

(IUL)30-C/30/2020/129

ރ.މަޑުއްވަރީގައި ޤާއިމްކުރަން ފަށާފައިވާ 25 ޓަނު (50ޓަނުގެ ސްޓޯރޭޖް)ގެ އައިސްޕްލާންޓްގެ ނުނިމި ހުރި މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުން

ބިޑް ސެކިއުރިޓީ:1,750/-  (އެއްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ(

ޕާފޯމަންސް ގެރެންޓީ:  70,000/-(ހަތްދިހަ ހާސް ރުފިޔާ)

  1. މި މަޝްރޫޢު ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޕްރޮކިޔުމަންޓް އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި މަޝްރޫޢު ބެހޭ އެންމެހައި ލިޔެކިޔުންތައް  29 ނޮވެމްބަރ 2020 އިން ފެށިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓުން ( www.fishagri.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަށް ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީއާއިބެހޭ އިތުރު މަޢުލޫމާތު، "ބީލަމާބެހޭ މަޢުލޫމާތު ކަރުދާހު"ގައި ވާނެއެވެ.
  4. މި މަޝްރޫޢު ބެހޭގޮތުން  މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީވުމަށް (އޮންލައިންކޮށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށް ހުށަހެޅިދާނެ) އީމެއިލް ކުރައްވާނީ  08 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ ( 13:00) ގެ ކުރިން، ތިރީގައިވާ އިމެއިލް އެޑްރެހަށެވެ.
  5. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ޑިސެމްބަރ 09 ވަނަ ދުވަހުގެ 13:00 ގައި ބީލަން ހުށަހެޅުވުން އެދެމެވެ. ބީލަން ބަލައިގަތުން އޮންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތުގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ.
  6. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ފޯން ނަންބަރު : 3339272

އީމެއިލް: [email protected],

9- ޕްރޮޖެކްޓްތަކާއި ގުޅޭ މަޢުލޫމާތު، އެގޮތުން، ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް، ބީލަން ޝީޓް އަދި ބީލަމުގެ ޖަދުވަލުތައް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

29 ނޮވެންބަރު 2020
ހޯދާ