ބިލެތްދޫ ހެލްތު ސެންޓަރ
ދިވެހިރާއްޖެ
މިމަރުކަޒުގެ ދެކުނުފރާތުގައި އިމާރާތްކުރަންފަށާފައިވާ އިމާރާތުގެ ނުނިމިހުރި ކޮންކްރީޓްމަސައްކަތްތައް ނިންމާދޭނެފަރާތެއް ހޯދުން

މިމަރުކަޒުގެ ދެކުނުފަރާތުގައި އިމާރާތްކުރަންފަށާފައިވާ އިމާރާތުގެ ނުނިމިހުރި ކޮންކްރީޓްމަސައްކަތްތައް މިމަރުކަޒުންދޭ މައުލޫމާތާއި އެއްގޮތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޑިސެންބަރު 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިމަރުކަޒަށް ވަޑައިގެން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމާއި، އެސްޓިމޭޓްތައް ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ދާނީ މިމަރުކަޒުގެ އޮފީސް އިމާރާތުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށާއި، އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޟިރު ވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ޙާޟިރުވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6740647 ނަންބަރަށެވެ.

 

#

ޕޮއިންޓް ދިނުމުގައި ބެލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

65

2

މަސައްކަތުގެ މުއްދަތަށް

30

3

މާލީ ތަނަވަސްކަމާއި މަސައްކަތުގެ ތަޖުރިބާއަށް

5

 

ޖުމްލަ (ސަތޭކަ)

100

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ނޮވެންބަރު 2020
ހޯދާ