މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބޭސް ލައިން ސްޓަޑީ އެއް ހައްދަވާ ދެއްވާނެ ފަރާތެއް ހޯދުމަށް

ސާކް ޑިވޮލަޕްމަންޓް ފަންޑުގެ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފެށުމަށް ހަމަޖެހިފައިވާ "ލައިވްލިހުޑް އެންހާންސްމެންޓް އޮފް ރޫރަލް ޕުއަރ އިން ސާކް ރީޖަން ތުރޫ ސްމޯލް ސްކޭލް އެގްރޮ ބިޒްނަސް ފޯކަސިން އޮން ވެލިޔު ޗެއިން ޑިވޮލަޕްމަންޓް" ޕްރޮޖެކްޓްގެ ބޭސް ލައިން ސްޓަޑީއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެގެންކުރެވުނު ނަންބަރު :  (IUL)30/30/2020/86 އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތު ފުރިހަމަ ނުވާތީ، އެކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 08 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ފިޝަރީޒް. މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަނގިފިލާ، އަމީރު އަހުމަދު މަގު ) އަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339219/ 3339261 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މިމަސައްކަތް ކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރަންސް ހޯއްދެވުމަށް ނުވަތަ މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މިމިނިސްޓްރީގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެ ކަމުގައި ދަންނަވަމެވެ.

 

ނޯޓް: ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

އިޢުލާނުގެ ދަށުން ހުށަހަޅަންޖެހޭ ލިޔުންތައް

#

ލިޔުން

01

މިއިޢުލާނާއި އެކު އާޢްމުކޮށްފައިވާ TOR ގައި ހުށަހަޅަން ބުނެފައިވާ އެންމެހައި ލިޔުންތައް

02

އަންދާސީ ހިސާބު (ޚިދުމަތް ނުވަތަ ތަކެތީގެ އަގު، ޖީ.އެސް.ޓީ އަދި ޖުމްލަ އަގު އެނގެން އޮތުމާއިއެކު އަންދާސީ ހިސާބުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.)

03

ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީ /  އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ

04

އެސް.އެމް.އީ ރަޖިސްޓްރީ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

05

ވިޔަފާރީގެ ޕްރޮފައިލް

06

ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ  (ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކުރަންޖެހޭ ނަމަ)

07

ޓެކްސް ކްލިއަރެންސް ރިޕޯޓުގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ) -  ބީލަން ކާމިޔާބުވާ ފަރާތުން

 

 

އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.


މި އިޢުލާނުގެ ދަށުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލް

މަސައްކަތުގެ އަގަށް

މުއްދަތަށް

ތަޖުރިބާއަށް

އެކަޑެމިކް ކުއަލިފިކޭޝަން

35 ޕޮއިންޓް

15 ޕޮއިންޓް

30 ޕޮއިންޓް

20 ޕޮއިންޓް

 

 11 ރަބީޢުލްއާޙިރާ 1442

          

26 ނޮވެންބަރު 2020
ހޯދާ