ދިވެހިރާއްޖެ
ނ. އަތޮޅު ކައުންސިލް އިދާރައިގެ ހުސް ބިމުގައި އަޅާ2 ބުރިއިމާރާތު މަސައްކަތުގެ ކޮންސަލްޓެންސީގެ ޙިދުމަތްދޭނެ ފަރާތެއް ހޯދުމަށް
ނ. އަތޮޅު ކައުންސިލް އިދާރައިގެ ގޯތިތެރޭގައިވާ ހުސް ބިމުގައި އެޅުމަށް ހަމަޖެހިފައިވާ 2 ބުރިއިމާރާތުގެ މަސައްކަތް ސުޕަރވައިޒްކޮށް ކޮންސަލްޓެންސީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ބީލަން ރަޖިސްޓްރީކުރުން
ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ނ. އަތޮޅު ކައުންސިލްގެ އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލުގެ ޒަރިއްޔާއިންވެސް ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދެންނެވީމެވެ. މި ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.
| ތަފްސީލް | ތާރީޚް | ވަގުތު | 
| ބީލަމުގައި ރަޖިސްޓްރީ ކުރުން | 19 ނޮވެމްބަރ 2020 ން 23 ނޮވެމްބަރ 2020 | 09:00 އިން 13:00 | 
| މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން) | 25 ނޮވެމްބަރ 2020 | 13:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | 29 ނޮވެމްބަރ 2020 | 11:00 ހެނދުނު | 
އަންދާސީ ހިސާބު ހުށަހެޅުން
މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. ބިލަން ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންފުޅުވެ ލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މައުލޫމާތު ދެންނެވިފައިވާ އީމެއިލަށް ފޮނުއްވައި ދެއްވުން އެދެމެވެ.
| މެއިލް އެޑްރެސް | ފޯނު ނަންބަރ | 
| 6560012، 6560028 | 
ބީލަން ރަޖިސްޓްކުރުމަށް ބޭނުންވާ މައުލޫމާތު :
1. ކުންފުނީގެ ނަން
2. ކުންފުނީގެ ފަރާތުން މުއާމާލާތް ކުރާނެފަރާތެއްގެ ނަން
3. ފޯނުނަންބަރ
4. އީމެއިލްއެޑްރެސް
 
                    