ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)13-K/13/2020/51 (19 ފެބުރުވަރީ 2020) އިޢުލާނަށް ވަނީ ތިރީގައިވާ ގޮތަށް ބަދަލުގެނެސްފައެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ދިވެހި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތްތަކަށް ބީލަން ހުށަހަޅާއިރު އެއްލޮޓު ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް ބީލަންހުށަހެޅުމުގެ އިޚްތިޔާރު ބީލަންވެރިންނަށް ލިބިގެންވެއެވެ.
|
ލޮޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ )ދިވެހި ރުފިޔާ( |
|
ލޮޓް - 1 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ގއ.ކޮނޑޭގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ190,000.00 |
|
ލޮޓް – 2 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ގދ.ރަތަފަންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ230,000.00 |
|
ލޮޓް - 3 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހއ.މޮޅަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ190,000.00 |
|
ލޮޓް - 4 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ލ.މުންޑޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ190,000.00 |
|
ލޮޓް - 5 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން މ.ވޭވަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ190,000.00 |
|
ލޮޓް - 6 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތ.އޮމަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ190,000.00 |
|
ލޮޓް - 7 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން އއ.ބޮޑުފުޅަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ190,000.00 |
|
ލޮޓް - 8 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ދ.ރިނބިދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ190,000.00 |
|
ލޮޓް - 9 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހދ.ނައިވާދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ135,000.00 |
|
ލޮޓް - 10 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ދ.ހުޅުދެލީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ145,000.00 |
|
ލޮޓް - 11 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ދ.މާއެނބޫދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ150,000.00 |
|
ލޮޓް – 12 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ފ.ފީލަލީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ140,000.00 |
|
ލޮޓް – 13 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހއ.އުތީމުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ140,000.00 |
|
ލޮޓް – 14 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ލ.ދަނބިދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ150,000.00 |
|
ލޮޓް - 15 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ރ.ރަސްމާދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ140,000.00 |
|
ލޮޓް - 16 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ރ.މާކުރަތުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ145,000.00 |
|
ލޮޓް - 17 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތ.ވޭމަންޑޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ150,000.00 |
|
ލޮޓް - 18 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތ.ބުރުނީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް |
ރ150,000.00 |
2. މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި ރާއްޖެއިންބޭރު ކުންފުނިތަކުން ބީލަން ހުށަހެޅުމުގެ ކުރިން، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަދި ދިވެހިރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓާއި ބެހޭ އެންމެހައި މަޢުލޫމާތު ހޯދަންވާނެއެވެ.
4. މިބީލަމުގައި ބައިވެރިވުމަށް -/1،500 (ފަނަރަ ސަތޭކަ) ދިވެހި ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 20 ފެބުރުވަރީ 2020 އިން 02 ޑިސެންބަރު 2020 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.
5. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 23 ފެބުރުވަރީ 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
6. ބިޑް ސެކިއުރިޓީ ހުށަހަޅަން ވާނީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައިވާ ތާވަލާއި އެއްގޮތަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
7. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 ނޮވެމްބަރު 2020ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
8. ބީލަން ހުޅުވުން އޮންނާނީ 03 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ ،
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 3349102 (960)
އީމެއިލް : [email protected]
ކޮޕީ : [email protected]
