މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުތައް އިންޝުއަރ ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

                                                               

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  

1. މިނިސްޓްރީ އޮފް ޑިފެންސްގެ އެދިލެއްވުމުގެ މަތިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުތައް އިންޝުއަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 08 ނޮވެންބަރު 2020އިން 19 ނޮވެންބަރު 2020އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ. މިނިސްޓްރީގެ ނަންބަރު (IUL)13-K/13/2020/227 (24 ސެޕްޓެންބަރު 2020) އިޢުލާނާ ގުޅިގެން ބީލަމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން މި އިޢުލާނާގުޅިގެން އަލުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަންފީ ދައްކަވާކަށް ނުޖެހޭނެއެވެ.

4. މި މަސައްކަތްތަކާއި ބެހޭގޮތުން އާއްމުކުރާނެ އެންމެހައި ލިޔެކިޔުންތައް 9 ނޮވެންބަރު 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

5. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/30,000ރ (ތިރީސްހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.  

6. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 22 ނޮވެންބަރު 2020ވާ އާދިއްތަ ދުވަހުގެ 11:00ގައި މިމިނިސްޓްރީގައެވެ. މިމަސައްކަތާއި ގުޅޭ އާންމު ކުރެވެން ނެތް މަޢުލޫމާތު ޙިއްސާ ކުރާނީ ޕްރީބިޑް ބައްދަލުވުމުގައި ބީލަމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.  އަދި މިމަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 23 ނޮވެންބަރު 2020ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. ބީލަން ހުޅުވުން އޮންނާނީ 30 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : 3349191, (960) 3349147, (960) 3349106 (960)

އީމެއިލް : [email protected]

ކޮޕީ    : [email protected]

07 ނޮވެންބަރު 2020
ހޯދާ