ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2020/78 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-025-20) PSM-TVM Pro /2020/50 |
އިޢުލާން
- ޕީއެސްއެމް އަށް ބޭނުންވާ ބައެއް ޓީވީ ކޮންޓެންޓް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށްދެވޭ ދަޢުވަތު
ޕަބްލިކް ސާރވީސް މީޑިއާ އަށް ބޭނުންވާ ޓީވީ ކޮންޓެންޓް (ޑްރާމާ،ޕްރޮގްރާމް، ޝޯޓްފިލްމް، ޕީއެސްއޭ ފަދަ ކޮންޓެންޓް) އުފައްދައި ޕީއެސްއެމްއަށް ސަޕްލައި ކޮށްދިނުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ދިވެހި ފަންނާނުންނަށް ހުޅުވާލަމެވެ.
ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.
15 ރަބީއުލްއައްވަލް 1442
01 ނޮވެމްބަރ 2020
