ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނަދު ދުއްވުމުގެ ބީ-ޒޯން ލައިސަންސް ފޮތް ދޫކުރުމަށް އަންހެން އެގްޒަމިނަރަކު ހޯދުން.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ބީ ޒޯން ލައިސަންސް (ލައިސަންސް ފޮތް) ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ކުރާނެ އަންހެން އެގްޒަމިނަރަކު ބޭނުންވެއްޖެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.

މަގާމް:

އެގްޒަމިނަރ

ބޭނުންވާ އަދަދު:

01 (އަންހެން)

މުއްދަތު:

02 އަހަރު

ޝަރުތު:

  1. ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން، އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން (03 މަސްދުވަސް ނުވާ ޕޮލިސް ރިޕޯޓް).
  2. ދޫކުރި ތާރީޚުން ފެށިގެން 05 އަހަރު ދުވަސްވެފައިވާ އެއްގަމު ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން (ލައިސަންސްގެ އަސްލާއި ކޮޕީ).
  3. ޢުމުރުން 55 އަހަރުން ދަށުގެ މީހުން އަދި ރަނގަޅު ޞިއްޙަތެއްގައި ހުރުން.
  4. އައިޑީ ކާޑުގެ ކޮޕީ

އުޖޫރަ:

  • ދެފުރޮޅުލީ އުޅަނދެއް އިމްތިހާނު ކުރާނަމަ -/15ރ
  • ހަތަރު ފުރޮޅުލީ އުޅަނދެއް އިމްތިހާނު ކުރާނަމަ ނަމަ -/25ރ

  އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސެންސްގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސެންސްގެ މުއްދަތަށާއި، އަދި ގިނަވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

  ވީމާ، މިކަމަށް ޝަޢުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 05 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ދެންނެވިފައިވާ ލިޔުންތަކާއި އެކު މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

25 އޮކްޓޫބަރު 2020
ހޯދާ