ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ކޮންސަލްޓަންސީފޯ ޑިވެލޮޕްމަންޓް އޮފް ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންސް (ފާދިއްޕޮޅު އަދި ތިލަދުންމަތި)
MV-MONPI-153644-CS-QCBS
މޯލްޑިވްސް އާރބަން ޑިވެލޮޕްމެންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް
Grant No.:IDA-65370
ވާރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބުމަށް ހަމަޖެހިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން "ކޮންސަލްޓަންސީ ފޯ ޑިވެލޮޕްމަންޓް އޮފް ލޯކަލް ޑިވެލޮޕްމަންޓް ޕްލޭން (ފާދިއްޕޮޅު އަދި ތިލަދުންމަތި)" ތާއްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ހަމަޖެހިފައެވެ.
މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ، ފާދިއްޕޮޅު އަދި ތިލަދުންމަތި ރީޖަންއަށް އަމާޒު ކުރެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ދިރާސާ ރިޕޯޓެއް ތައްޔާރުކުރުމެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސްއިން މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި ބީލަމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ފަރާތްތަށް ޝޯޓްލިސްޓް ކުރުމުގައި ބަލާނީ ތިރީގައިމިވާ ކްރައިޓީރިއާ އަށެވެ.
ހ. މަދުވެގެން 06 އަހަރުގެ މަސައްކަތް ކުރުމުގެ ތަޖުރިބާ މިމަސައްކަތާ ގުޅުންހުރި ދާއިރާއަކުން ލިބިފައިވުން
ށ. ޓީ.އޯ.އާރުގައި ބަޔާންކޮށްފައިވާ މިބާވަތުގެ މަސައްކަތް ކުރުމުގައި މަދުވެގެން 06 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން
ނ. ރީޖަނަލް ސްޕޭޝަލް ޕްލޭން ހެދުމުގެ ތަޖުރިބާ ލިބިފައިވުން
ރ. އެކްސްޕީރިއަންސް އިން ކެޕޭސިޓީ ބިލްޑިންގ
ރ. ކުދި ރަށްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން
ބ. މިމިސައްކަތް ކުރެވޭ ފަންނީ ޤާބިލު ފަރާތްތަށް ބީލަމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ފާރމްގައި ހުރިތޯ ބެލޭނެވެ. އެހެންނަމަވެސް، އެފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާ މިމަރުހަލާގައި އިވެލުއޭޓް ނުކުރެވޭނެވެ.
މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިޞްލާޙުކުރެވިފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށެވެ.
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ބޭނުން ކުރެވޭނީ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން މެތަޑް (ކިއު.ސީ.ބީ.އެސް) އެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 0800 އިން 1400 އަށް ލިބިވަޑައިގަންނަވާނެވެ.
ވީމާ މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ފާޠިމަތު ރިޝްފާ އަޙްމަދު،
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 9603349115+
އީމެއިލް : [email protected]
ކޮޕީ : [email protected]
