ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުންވާ އައިޓީ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: 198F/2020/130 އިޢުލާނުގެ ސްޕެސިފިކޭޝަނަށް ގެނެވުނު ބަދަލާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މެޖިސްޓްރޭޓް ކޯޓު ތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ތަކެތީގެ ތަފްސީލް |
އަދަދު |
ލެޕްޓޮޕް |
47 |
ކޮމްޕިއުޓަރ ސިސްޓަމް |
03 |
ކެޓް6 ކޭބަލް ރޯލް |
06 |
އާރު.ޖޭ 45 ޖެކް |
300 |
މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ.
މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 22 އޮކްޓޯބަރ 2020 ވަނަދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީހިސާބު 28 އޮކްޓޯބަރ 2020 ވަނަދުވަހުގެ 13:00 ގެ ކުރިން މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ސަފަރު 1442