ދިވެހިރާއްޖެ
| 
 ނަންބަރު:  | 
 (I)288/2020/093  | 
| 
 މަގުބައްތި އިންސްޓޯލްކޮށްދޭނޭ ބަޔަކު ހޯދުން  | 
|
ނ. ކުޑަފަރީގައި މީހުން އާބާދުވެފައިވާ ސަރަޙައްދުތަކާއި، އަލަށް އާބާދުވަމުންދާ ސަރަޙައްދުތަކާއި، އިޖުތިމާޢީ ސަރަޙައްދުތަކުގެ މަގުތަކާއި، ގޯޅިތައް އަލިކުރުމުގެ ގޮތުން މަގުބައްތި ޖެހުމަށް ހިންގާ މަޝްރޫޢުގެ ދަށުން، 15 (ފަނަރަ) ބައްތި،
 ނ. ކުޑަފަރީ ކައުންސިލް އިދާރާއިން ކަނޑައަޅާ ސަރަޙައްދުތަކެއް ގައި އިންސްޓޯލްކޮށްދެއްވާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި މި އިދާރާއިން ދިނުމުން، މި މަސައްކަތްކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ.
މަސައްކަތާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިއަށް ދާނެއެވެ. އެއްވެސް ސަބަބަކާ ހުރެ މިއިން ދުވަހެއް ރަސްމީ ބަންދަކަށް ވެއްޖެ ނަމަ، ބައްދަލުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު، އެ ގަޑީގައެވެ.
| 
 މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  | 
 21 އޮކްޓޫބަރު 2020 (ބުދަ)  | 
 މެންދުރުފަހު 1:00  | 
| 
 ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން  | 
 28 އޮކްޓޫބަރު 2020 (ބުދަ)  | 
 މެންދުރުފަހު 1:00  | 
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. 2020 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހާއި 2020 އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހު، ހެނދުނު 8:30އިން މެންދުރު 12:00ގެ ނިޔަލަށް، ނ. ކުޑަފަރީ ކައުންސިލް އިދާރާއިން ބީލަން ފޮތް ވިއްކަމުންދާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް، ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ ސިޓީއަކާ އެކު ފޮނުއްވުން އެދެމެވެ. ސިޓީ ގައި ވެރި ފަރާތް، ނުވަތަ ކުންފުންޏަކުން ނަމަ، ކުންފުނީގެ އީމެއިލް އެޑްރެސް ހިމެނުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައެއްނުގަންނަވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.
| 
 ކައުންސިލް އިދާރާގެ ފޯނު ނަންބަރު:  | 
 6560015  | 
| 
 ކައުންސިލް އިދާރާގެ މޯބައިލް ފޯނު:  | 
 7763264  | 
| 
 ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:  | 
|
| 
 ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް (ކައުންސިލަރ މުޙައްމަދު ރަމީޒު)  | 
 9839383  | 
27 ޞަފަރު 1442ހ.
14 އޮކްޓޫބަރު 2020މ.
