ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ގްރިޑް-ޓައިޑް ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓްތަކާއި އަދި ސޯލަރ – ޕަވަރޑް އައިސް ޕްލާންޓްތަކެއް ޑިޒައިންކޮށް ސަޕްލައިކުރުމާއި،އިންސްޓޯލްކޮށް ބެލެހެއްޓުން (ލޮޓް 1 އަދި ލޮޓް 2)
1. ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބްލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް – އެޑިޝަނަލް ފައިނޭންސިންގ ގެ ދަށުން ގްރިޑް-ޓައިޑް ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓްތަކާއި އަދި ސޯލަރ – ޕަވަރޑް އައިސް ޕްލާންޓްތަކެއް ޑިޒައިންކޮށް ސަޕްލައިކުރުމާއި، އިންސްޓޯލްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
2. ވީމާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ބޭނުމަށް ތިރީގައިވާ މަސައްކަތަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
ގްރިޑް-ޓައިޑް ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓްތަކާއި އަދި ސޯލަރ – ޕަވަރޑް އައިސް ޕްލާންޓްތަކެއް ޑިޒައިންކޮށް ސަޕްލައިކުރުމާއި،އިންސްޓޯލްކޮށް ބެލެހެއްޓުން (ލޮޓް 1 އަދި ލޮޓް 2)
ލޮޓް 1: ތ. އަތޮޅުގެ 12 ރަށެއްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ގްރިޑް-ޓައިޑް ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓް ޑިޒައިންކޮށް ސަޕްލައިކުރުމާއި،އިންސްޓޯލްކޮށް ބެލެހެއްޓުން
ލޮޓް 2: ހަތަރު ރަށެއްގައި ޤާއިމުކުރުމަށް ހަމަޖެހިފައވާ ސޯލަރ – ޕަވަރޑް އައިސް ޕްލާންޓްތަކެއް ޑިޒައިންކޮށް ސަޕްލައިކުރުމާއި،އިންސްޓޯލްކޮށް ބެލެހެއްޓުން
ބީލަން ހުށަހަޅާ ފަރާތުން ބޭނުންވާ ލޮޓަކަށް ނުވަތަ ހުރިހާ ލޮޓަކަށް ކުރިމަތިލުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
3. މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
4. މި ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
މާލީ ތަނަވަސްކަން
- ލޮޓް 1: ފާއިތުވި 3 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 8.25 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވުން.
- ލޮޓް 2: ފާއިތުވި 3 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 4.5 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވުން.
ތަޖުރިބާ
- ލޮޓް 1: ފާއިތުވި 5 އަހަރު ތެރޭގައި މިބާވަތުގެ 2 މަސައްކަތްކޮށްފައިވުން އަދި ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 4.4 މިލިއަން އެމެރިކާ ޑޮލަރު ކަމުގައިވުން.
- ލޮޓް 2: ފާއިތުވި 5 އަހަރު ތެރޭގައި މިބާވަތުގެ 1 މަސައްކަތްކޮށްފައިވުން އަދި ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 2.4 މިލިއަން އެމެރިކާ ޑޮލަރު ކަމުގައިވުން.
ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.
5. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފާޠިމަތު ރިޝްފާ އަޙްމަދު،
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،
ފޯން : 9603349113+| 9603349106+| 9603349147+
އީމެއިލް : [email protected]
ކޮޕީ : [email protected]
6. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި /-1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100.00 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2020 އޮކްޓޫބަރު12 އިން 2020 ޑިސެންބަރު 6އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
- ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
- ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
- ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ
7. މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
8. ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ އޮންލައިންކޮށް ކަމަށްވުމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތަކުން ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ، އެފަރާތްތަކުން 2020 އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިކަމަށްއެދި އީ-މެއިލް ކުރަންވާނެއެވެ. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ބިޑިންގް ޑޮކިއުމަންޓްގެ އައި.ޓީ.ބީ މާއްދާ 7.5 އާއި އެއްގޮތަށް މަތީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
9. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ލޮޓް 1އަށް180,000 ޔޫ.އެސް ޑޮލަރު (އެއްލައްކަ އަށްޑިހަހާސް ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާ) އަދި ލޮޓް 2އަށް 100,000 ޔޫ.އެސް ޑޮލަރު (އެއްލައްކަ ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 208 ދުވަހެވެ.
10. ބީލަން ހުޅުވުން އޮންނާނީ 2020 ޑިސެންބަރު 7 ވާ ހޯމަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަމުގެ ޓެކްނިކަލް އެންވެލޮޕް ހުޅުވުމަށްފަހު ފައިނޭންޝަލް އެންވެލޮޕް ނުހުޅުވާ ރައްކާކުރެވޭނެއެވެ. އަދި ފައިނޭންޝަލް އެންވެލޮޕް ހުޅުވާނީ ޓެކްނިކަލް އިވެލުއޭޝަންގައި ފާސްވާ ފަރާތްތަކުގެ އެކަންޏެވެ. ޓެކްނިކަލް އިވެލުއޭޝަންގައި ފާސްނުވާ ފަރާތްތަކުގެ ފައިނޭންޝަލް އެންވެލޮޕް ނުހުޅުވައި އަނބުރާ ރައްދު ކުރެވޭނެއެވެ.
11. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.
12 އޮކްޓޫބަރު 2020
