ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 މި އިދާރާގެ ނަމްބަރ: (IUL)416-ESMSPR/416/2020/60 (01 އޮކްޓޯބަރ 2020) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

އަންދާސީ ހިސާބު ބޭނުންވެއްޖެ

 ގދ. މަޑަވެލި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް " މަޑަވެލި ކައުންސިލްގެ ހުޅަނގު ދެކުނުފަރާތު ކޮޓަރީގެ ހުޅަނގު ބިތުގައިހުރި ފެންލައިޓް ނަގައި އެތަން ފުލްބްލޮކް އެޅިގަލުން ބައްދައި، ދެފަރާތުގައި ސިމެންތި ޖަހައި ދިނުމުގެ މަސައްކަތް " ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތާއިބެހޭ މަޢުލޫމާތު ކަރުދާސް 14 އޮކްޓޯބަރ 2020 އިން 21 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ މެންދުރު 12:00 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު 12:00 އަށް، މަޑަވެލި ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 25 އޮކްޓޯބަރ 2020 ވާ (އާދީއްތަ) ދުވަހުގެ ހެނދުނު 11:30 އަށް، މަޑަވެލި ކައުންސިލްގެ އިދާރާއަށް، މި މަސައްކަތް ކުރެވޭނެ އަގާއި މުއްދަތު އެގޭނެހެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 އޮކްޓޫބަރު 2020
ހޯދާ