|  މަގާމު: |   އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
|  ބޭނުންވާ އަދަދު: |   1 އެކެއް | 
|  ވަޒީފާގެ ބޭނުން: |   ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުގައި ހިމެނޭ މަސްއޫލިއްޔަތުތައް ފުރިހަމަ ގޮތުގައި ރާވާ    ހިންގުމަށްޓަކައި ބޭނުންވާ މުވައްޒަފުންގެ އެންމެ ހައި ކަންކަން ބެލެހެއްޓުން | 
|  މަޤާމުގެ ގިންތި: |   ދާއިމީ | 
|  ވަޒީފާ އަދާ ކުރަންޖެހޭ ތަން: |   ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީސް | 
|  މުސާރަ: |   -/9،483ރ | 
|  އެހެނިހެން އެލްވަންސްތައް: |   ސާރވިސް އެލަވަންސް -/3،500ރ   ލިވިންގ އެލަވަންސް -/3،000ރ   ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް | 
|  ވަޒީފާއަދާކުރަންޖެހޭ   ސެކްޝަން: |   ކޯޕަރޭޓް އެފެއާރސް | 
|  މަޤާމުގެ ޝަރުތު:     | 
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. | 
|  މަގާމުގެ މަސައްކަތަށް   ބޭނުންވާ އެހެނިހެން   ސިފަތައް:   | 
މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.ސިއްރު ހިފެހެއްޓުން.ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.ކޮމްޕިއުޓަރއިން ލިޔުންފަދަ ތަކެތި ތައްޔާރުކުރުމުގެ ގާބިލުކަން ހުރުން.އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.މިއޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން.ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން. | 
|  މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތުތައް: | 
ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުގައި ހިމެނޭ މަސްއޫލިއްޔަތުތައް ފުރިހަމަ ގޮތުގައި ރާވާ ހިންގުމަށްޓަކައި ބޭނުންވާ މުވައްޒަފުންގެ އެންމެ ހައި ކަންކަން ބެލެހެއްޓުން.ޗިލްރަންސް އޮމްބަޑްޕާރސަން އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާއިބެހޭ އެންމެހާ ލިޔެ ކިޔުންތައް (ވަޒީފާ ދެއްވުމާއި، ބަދަލު ކުރުމާއި، ވަކިކުރުން) ތައްޔާރު ކުރުމާއި ކަމާއިބެހޭ ފަރާތްތަކަށް ބަރާބަރަށް ފޮނުވާ ހިންގުން.މިއޮފީހުގެ އެންމެހާ މުވައްޒަފުން އެޕްރައިޒް ކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ސެކްޝަންތަކުގެ ވެރިންނަށް ދިނުމާއި އެޕްރައިސަލް މަސައްކަތް ކުރިއަށްދާ މިންވަރު ބެލުން.މި އޮފީހުގެ މުވައްޒަފުންގެ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުމާއި   މުވައްޒަފުންގެ ވަޒީފާ ބަޔާން ވެރިންގެ އިރުޝާދާއެކު ތައްޔާރު ކުރުމާއި ސެޕް ސިސްޓަމަށް މުވައްޒަފުންގެ ޑޭޓާ އެންޓަރ ކުރުން.ސެކްޝަންތަކުން ހޯދަންޖެހޭ އެންމެހާ މަޢުލޫމާތު އެއްކޮށް  އޮފީހުން ތައްޔާރުކޮށް އާންމުކުރާ ހުރިހާ ލިޔެކިޔުމެއް ބެލެހެއްޓުމާއި އެމަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތަށް އިންތިޒާމުކުރުން.އެހެން ސެކްޝަންތުން ތައްޔާރުކުރާ އެކްޝަން ޕްލޭންތައް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެރޫޙު ޤާއިމުކުރުމަށް މަސައްކަތްކޮށް މި އޮފީހުގެ މަސައްކަތައް އެންމެ ފައިދާހުރި ގޮތަކަށް ކަންކަން ރާވައިގެން ކުރުން.އޮފީހުގެ ސްޓާފް މީޓިންގތައް ގަވާއިދުން ބާއްވާ ޔައުމިއްޔާ ތައްޔާރުކޮށް ބެލެހެއްޓުން.އޮފީހަށް ބޭނުންވާ ތަކެތި ހޯދުމާއި ބެލެހެއްޓުމުގެ އެންމެހާ ކަންތައްކުރުން.މި އޮފީހުން ބާއްވާ އެކިއެކި ރަސްމިއްޔާތުތައް ވެރިންގެ ލަފާގެ މަތިން ރާވާ ހިންގުމުގައި އެހީތެރިވުން. | 
|  ވަޒީފާއަށް އެންމެ ޤާބިލް   ފަރާތެއް ހޮވުމަށް ބެލޭނެ   ކަންތައްތައް: | 
ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރުމަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރުމަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލް ކަމާއި ސިފަތައް. | 
|  ހުށަހަޅަންޖެހޭ ތަކެތި: | 
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) | 
|  ސުންގަޑި: |   މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 13 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 13.00 ގެ    ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.  | 
|  ނޯޓް: 
ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ ޗިލްރަންސް އޮމްބަޑްޕާރސަންގެ އޮފީހުގައެވެ.އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަމްބަރާ ގުޅުއްވުން އެދެމެވެ. |