ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޤައުމީ ދިދައާއި، ޖުޑިޝަރީ ދިދަ ފަހައި ދިނުމުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދުމާބެހޭ

ޑިޕާޓްމަންޓްގެ ބޭނުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި، ޖުޑިޝަރީ ދިދަ ފަހައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމާއިބެހޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ އިޢުލާނާއި މަޢުލޫމާތު ޝީޓުބައިން ލިބެންހުންނާނެއެވެ. މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 އޮކްޓޯބަރ 15 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓްގެ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 އޮކްޓޯބަރ 19 ވާ ހޯމަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަނޑިއަށް މިޑިޕާޓްމަންޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20  ސަފަރު  1442

07 އޮކްޓޫބަރު 2020
ހޯދާ