ދިވެހިރާއްޖެ
މިއިދާރާގެ ނަމްބަރ: IUL)416-CAA/416/202049 ) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
އެއްގަމު އުޅަނަދު ދުއްވުމުގެ ބީ-ޒޯން ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުން.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ބީ ޒޯން ލައިސަންސް (ލައިސަންސް ފޮތް) ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.
މަގާމް: |
އެގްޒަމިނަރ |
ބޭނުންވާ އަދަދު: |
02 (އަންހެން، ފިރިހެން) |
މުއްދަތު: |
02 އަހަރު |
ޝަރުތު: |
|
އުޖޫރަ: |
|
އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސެންސްގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސެންސްގެ މުއްދަތަށާއި، އަދި ގިނަވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 15 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ދެންނެވިފައިވާ ލިޔުންތަކާއި އެކު މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.