|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމު:
|
އެސިސްޓެންޓް ހާބަރ އޮފިސަރ (ކޮންޓްރެކްޓް)
|
|
މަޤާމުގެ ނަންބަރު:
|
J-327741 | J-327740
|
|
ބޭނުންވާ އަދަދު:
|
02 (ދޭއް)
|
|
މަޤާމުގެ ގިންތި:
|
ވަގުތީ (1 އަހަރު)
|
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް 3
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގުރޭޑް 1
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ކުޅުދުއްފުށީ ލޯކަލް ބަނދަރު / ކުޅުދުއްފުށި ކައުންސިލް އިދާރާ، ހދ. ކުޅުދުއްފުށި
|
|
މުސާރަ:
|
-/4465 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
-/1500 ރުފިޔާ
|
|
އެހެނިހެން އެލަވަންސް:
|
ސިވިލްސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
ދަންފަޅި އުސޫލުން މަސައްކަތް ކުރާނަމް ހަމަޖެހިފައިވާ އުސޫލުން އެލަވެންސް ދެވޭނެ
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ބަނދަރަށް ވަންނަ އުޅަނދުތަކަށް ބަނދަރުން ޖާގަ ހަދައިދިނުން
- އުޅަނދުތައް އަޅަނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދު ތަކުގައިކަން ކަށަވަރުކުރުން
- ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް އުޅަނދުތަކަށް ބަނދަރުން ފެން އަދި ކަރަންޓް ދޫކުރުން
- ބަނދަރު ސަރަހައްދު އަދި ބަނދަރުގެ އެތެރެ ރަނގަޅަށް ސާފު ކުރެވިފައިވޭތޯ ކަށަވަރުކުރުން
- ބަނދަރު ސަރަހައްދުގައި ޖަހާފައިވާ މަޢުލޫމާތު ބޯޑުތަކާއި އެހެނިހެން ލިޔުންތަށް އާކުރަންޖެހޭނަމަ އެކަން ޔުނިޓްގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން
- އުޅަނދުތަކަށް މުދާ އަރުވާ ބާލާއިރު، ބަނދަރު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިނުވާނެހެން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
- އުޅަނދުތަކަށް މުދާ އަރުވާ ބޭލުމަށްފަހު، ބަނދަރު އަދި ވާޓަރު ރަނގަޅަށް ސާފުކުރުވުން
- މަސްމާރުކޭޓާއި ބަނދަރާ ގުޅިފައިވާ ސަރަޙައްދުގެ ސާފުތާހިރުކަން ކަށަވަރުކޮށް، ސާފުކޮށް ބެލެހެއްޓުން
- ތޮށިގަނޑުމަތީ އެއްވެސް ސަރަހައްދެއްގައި މަސްކަނޑާނަމަ އެކަން މަނާ ކުރުން އަދި ޔުނިޓް އަދި ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނައުން
- ބަނދަރު ސާފުކުރާ މަސައްކަތު މީހުންނާ އެކު ޓީމެއްގެ ގޮތުގަ ބަނދަރު ސަރަޙައްދު ސާފުތާހިރު އަދި ހިތްގައިމު ތަނަކަށް ހެދުމަށް މަސައްކަތްކުރުން
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
- ބަނދަރުގެ ޤަވާއިދާއި ޚިލާފްވާ ފަރާތްތަކަށް ރީތިގޮތުގަ ނަސޭޙައްތެރިވުން، އަދި އެކަމެއް ތަކުރާރުވާނަމަ މޯލްޑްވިސް ޕޮލިސް ސާރވިސް އަދި ޔުނިޓްގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން
- ފަޅުގެ އަނގަމަތީގައި ދޮންވެލި ޖަމާވަމުންދާކަން ބަލާ ޔުނިޓްގެ ވެރިޔާގެ ސަމާލުކަމަށް އެކަންގެނައުން
- ބޭރުތޮށިން އަރާ ރާޅުތަކާއެކު ވެއްޓޭގާކާއި ހިލަތައް ނެގުމުގެ ކަންތައް ޔުނިޓްގެ ވެރިޔާ ލަފާގެ މަތިން ހައްލުކުރުން
- ނެރުބައްތި އަދި ބަނދަރުގެ މަގުބައްތިތަކުގެ މައްސަލައެއް ޖެހިއްޖެނަމަ ވަގުތުން ޔުނިޓްގެ ވެރިޔާއަށް އަންގާ އެކަންހައްލުކުރުމަށް މަސައްކަތް ކުރުން
- މަސްމާރުކޭޓްގައި ހިނގާ ޤަވައިދާ ޚިލާފް ކަންކަން ހުއްޓުވުމަށް މަސައްކަތްކުރުމާއެކު ޔުނިޓްގެ ވެރިޔާއަށް އެންގުން
- މަސްމާރުކޭޓުގެ ފެނާއި ކަރަންޓު އަދި ބައްތިތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވުން
- ޔުނިޓް އަދި ސެކްޝަންގެ ވެރިން އަންގާ ބަނދަރާއި ގުޅުންހުރި އެންމެހާ ކަންތަށް ކުރުން.
- ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލް ފުރިހަމައަށް ޖަވާބުދާރީވުން
- ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެހެނިހެންތަންތަން ސާފުތާހިރުކުރުމާއި ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ޔުނިޓްގެ ވަރިޔާ އަންގާގޮތެއްގެ މަތިން ކުރުން
- ޚާއްޞަ ހާލަތްތަކުގައި ކައުންސިލް އެހެނިހެން ސެކްޝަންތަކަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން
- ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން
- ކުޅުދުއްފުށީ ކައުންސިލް އިދާރާއާއި މޯލްޑިވުސް ޕޮލިސް ސަރަވިސް އަދި ކަމާގުޅުން ހުރި އިދާރާތަކައި ގުޅިގެން ބަނދަރު ޤަވާއިދުތައް ތަންފީޒުކުރުން
- ބަނދަރު ޤަވައިދާ އަދި އުޞުލްތަކާއި، ޙިލާފްވާ ފަރާތްތަކުގެ ޖޫރިމަނާ ޗިޓް/ލިޔުން އަދި ރިޕޯޓް ތައްޔާރުކޮށް ހަވާލުކުރުމާއި އެކަމާއިގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން
- ގަވައިދާ ޚިލާފްވާ ފަރާތްތަކުގެ ޖުރުމަނާ ތަންފީޒްކުރަންޖެހޭ މަސައްކަތްތައް ކުރުން
- އޮޑިއެހެލާ ސަރަހައްދަށް އެހެލާ އޮޑިފަހަރުގެ މަޢުލޫމާތު ކައުންސިލަށް ރިޕޯޓްކުރުމާއި، އޮޑިއެހެލާ ސަރަހައްދުގެ ގަވާއިދު އަދި އުސޫލުތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
- ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލް ފުރިހަމައަށް ޖަވާބުދާރީވުން
|
|
މަޤާމުގެ ޝަރުޠުތައް:
|
- 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
- މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލްކަމާއި، ސިފަތައް އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދޭ މިންވަރު
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (12 އޮކްޓޯބަރ 2020) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށި ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު އޮފީސްތައް ނުހުޅުވާ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީ-މެއިލް މެދުވެރިކޮށް އެކަންޏެވެ. އިދާރާގެ އީ-މެއިލްއަށް ފޯމު ލިބުމުން އެކަން ފޯމު ހުށައެޅުއްވި ފަރާތަށް އީ-މެއިލް މެދުވެރިކޮށް އެންގޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (13 އޮކްޓޯބަރ 2020) އާއި (13 ނޮވެމްބަރ 2020) އާ ދެމެދު، (ކުޅުދުއްފުށި ކައުންސިލްގެ އިދާރާ) ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6527181) އަށެވެ. އީ-މެއިލް ކުރާނީ ([email protected] (އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|