ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ިކުންފުނީގެ ޓީވީ ބިލްޑިންގ އާއި ،ރޭޑިއޯ ބިލްޑިންގ ޢިމާރާތާއި ގުޅުންހުރި ތަންތަނުގެ ސެކިއުރިޓީ 1 (އެކެއް) އަހަރު ދުވަހަށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/62

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-021-20) PSM-GA /2020/158

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

              މިކުންފުނީގެ ޓީވީ ބިލްޑިންގ އާއި ،ރޭޑިއޯ ބިލްޑިންގ ޢިމާރާތާއި ގުޅުންހުރި ތަންތަނުގެ ސެކިއުރިޓީ 1 (އެކެއް) އަހަރު ދުވަހަށް ބަލަހައްޓާނެ ފަރާތެއް  ހޯދުމަށް ބޭނުންވެއެވެ.

ސެކިއުރިޓީ ބެލެހެއްޓުމާއި ބެހޭ މަޢުލޫމާތު

  1. ޕަބްލިކް ސާވީސް މީޑިއާގެ ޓީވީ މޯލްޑިވްސް އާއި، ދިވެހިރާއްޖޭގެ އަޑާއި، އަދި މި 2  އިމާރާތާއި ގުޅުންހުރި،  ތަންތަނުގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓުން.
  2. ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ތިބެންވާނީ  55 އަހަރު ނުފުރޭ ދިވެހިންނެވެ.
  3. ކޮންމެ ޑިއުޓީއެއްގައި،  ކޮންމެ ބިލްޑިންގ އެއްގައި މަދުވެގެން 2 މީހުން ޑިއުޓީގައި ތިބެން ވާނެއެވެ.
  4. ޑިއުޓީކުރަމުންގެންދާ ތަންތަނަށް ވަދެނުކުމެވާ އެއްގަމު އުޅަނދުފަހަރު ގެ (ސެކިއުރިޓީ ކްލިއަރެންސް ހަދައި، ވަދެ ނުކުމެވުމަށް ގޭޓް އެކްސެސް ކޮންޓްރޯލްކޮށް ބެލެހެއްޓުން.
  5. ސެކިއުރިޓީން ޑިއުޓީގައި ތިބޭއިރު، ތިބެންވާނީ  ސާފުތާހިރު ކޮށް،( ގަމީސް ފަޓްލޫން، ބޫޓް) ސެކިއުރިޓީންކަން އެނގޭނެހެން، އެ ކުންފުނީގެ ޔުނިފޯރމެއްގައެވެ.
  6. ޓީވީ މޯލްޑިވްސް އާއި، ދިވެހިރާއްޖޭގެ އަޑަކީ، ދައުލަތުގެ މީޑިއާކަމަށްވެފައި، މި މުވައްސަސާގެ ބާވަތަށް ވިސްނައި މިފަދަތަންތަނަށް، ޑިއުޓިއަށް ފޮނުވާ މީހުންނަކީ، އެވަޤުތެއްގައި ދިމާވާ ކޮންމެ ޙާލަތަކަށް، ނުވަތަ ކޮންމެ ކަމަކަށް ކެރިގެން ކުރިމަތިލެވޭނެ ފެންވަރުގެ (ތަމްރީނާއި ތަޖްރިބާ ލިބިފައިވާ) މީހުންކަމުގައި ވާންޖެހޭނެއެވެ.
  7. މި މުވައްސަސާގެ ފަރާތުން ހިންގާ އެކި،އެކި އިވެންޓްތަކުގެ ސެކިއުރިޓީއަށް އެދިއްޖެ ހިނދެއްގައި، އެދުނު ތަނަކަށް އެކަމުގެ އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ. އަދި ދިމާވާ އެކި ޙާލަތްތަކުގައި، އިތުރު ސެކިއުރިޓީއަށް އެދިއްޖެ ހިނދެއްގައި، އެކަންވެސް ހަމަޖައްސާދޭންވާނެއެވެ.  މިފަދަ ޙާލަތެއްގައި މިކަމަށް އަގުނަގާނަމަ، އަގުނަގާނެގޮތާއި އަގު ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.
  8. މި މަޢުލޫމާތު ޝީޓްގައި ހިމެނިފައިނުވިކަމުގައިވިޔަސް، ސެކިއުރިޓީއާ ބެހޭގޮތުން ވަޤުތާ ޙާލަތަށް ރިޢާޔަތްކޮށް މެނޭޖްމަންޓްން އަމުރެއް ނެރެފިނަމަ އެ އަމުރާ އެއްގޮތަށް ސެކިއުރިޓީ ބެލެހެއްޓުމުގެ އެއްމެހައި ކަންތައްތައް ބަދަލްކުރަންޖެހޭނެއެވެ.
  9. ދެ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އަމަލުކުރާނީ ކުންފުނީގެ ސެކިއުރިޓީ ޤަވައިދުގައިވާގޮތަށެވެ.
  10. އެގްރިމަންޓްގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. އެގްރިމަންޓް ގެ މުއްދަތު ހަމަވުމުން ހިދުމަތުގެ ފެންވަރު ބެލުމަށްފަހު އައު ކުރެވޭނެއެވެ. މިގޮތުން ސެކިއުރިޓީ ޚިދުމަތްދޭފަރާތުގެ ޚިދުމަތަށް ބަލައި، ރަނަގަޅުކަމަށް ޕީއެސްއެމް އަށް ފެންނަ ޙާލަތުގައި އިތުރު އިޢުލާނެއް ކުރުމަކާނުލައި އިތުރު 1 އަހަރު ދުވަހަށް އެއްބަސްވުން އާކުރުމުގެ އިޚްތިޔާރު ޕީއެސްއެމްއަށް ލިބިގެންވެއެވެ.

           ވީމާ، މިއިޢުލާންގައި ދީފައިވާ މަޢުލޫމާތު ބެއްލެވުމަށްފަހު، މިކަމަށް ޝައުޤް ވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ދީފައިވާ މެއިލްއަށް  ޕްރޮޕޯސަލް މެއިލްކުރެއްވުން އެދެމެވެ.

ބިޑް ޕްރޮޕޯސްލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

1

1.1

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

 

ބިޑް ހުށަހަޅާ މަރުޙަލާގައި ،

އަސާސީ މަޢުލޫމާތެއް މަދުނަމަ، އެޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

  • ކުންފުންޏެއްނަމަ،

1- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު)

2- ކޮމްޕެނީ ރަޖިސްޓްރީގެ ކޮޕީ:

3- ޖީ.އެސް.ޓީ / ޓެކްސް ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ:

4- ތަޖްރިބާ: (މަސައްކަތަކަށް ކުރިމަތިލާ ފަރާތަކީ ސެކިއުރިޓީ މަސައްކަތް ކުރާ، ނުވަތަ މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ، ނުވަތަ މި މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ފަރާތެއްކަމުގައިވުން.)

5- ބިޑްގެއަގު 500,000.00ރ. (ފަސްލައްކަރުފިޔާއިންމަތިންއަގުހުށަޅާނަމަ) 10,000.00ރ. ރުފިޔާގެ ބޭންކް ގެރެންޓީ  (ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.)

 

1.2

ހުށަހަޅުއްވާ ބިޑްގެ އަގު 1 މިލިއަނަށްވުރެ މަތިވާނަމަ ، ބިޑް އިވެލުއޭޓްކޮށް، އެވޯޑްކޮށް އެފަރާތަށް އެންގުމުން ޕާރފޮރމަންސް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ.

  •  ބިޑްއެވޯޑްވެއްޖެނަމަ،

1- 1,000.000.00  (އެއްމިލިޔަން) ރުފިޔާއަށްވުރެ މަތިނަމަ، ހުށަހަޅާއަގުގެ އަށްވާވަރު ބިޑްކާމިޔާބުކުރާފަރާތުން ޕާރފޯމަންސްސެކިއުރިޓީއެއް ، އެގްރީމެންޓްގައި ސޮއިކުރުމުގެކުރިން ހުށަހަޅަންވާނެއެވެ.  (ޕާރފޮމެންސް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.)                                                

2

 

އަގު/ އަންދާސީ ހިސާބު

  •  އަގު / އަންދާސީ ހިސާބު ، ހުށަހަޅާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް

1- އަގުހުށަހަޅަންވާނީ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫގައި ބަޔާންކޮށްފައިވާ މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި ފަރާތްތަކުންނެވެ. (ހުށަހަޅާ އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ކަންކަން ފުރިހަމަކޮށް، ހުށަހަޅަންވާނެއެވެ.)

2- އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިން ޖީއެސްޓީ ވަކިން ހިމަނައިގެންނެވެ.

3- ޕްރޮޕޯސަލް ގެ ވެލިޑިޓީ މުއްދަތު: (ބިޑްހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތު)

3

 

ޕްރޮޕޯސަލް ބާޠިލްވާނެ ޙާލަތްތައް

  • އަސާސީ މަޢުލޫމާތުގެ ގޮތުގައި ހުށަހަޅާންޖެހޭ މަޢުލޫމާތެއް ފުރިހަމަނުވުން
  • ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވުން.

4

 

ޕޮއިންޓް ދިނުން

  • މި ކަމަށް ހުށަހަޅާ ޕްރޮޕޯސަލްތަކަށް ޕޮއިންޓު ދޭނީ އަންނަނިވި އުސޫލުންނެވެ.
  1. އަގު :   65 ޕޮއިންޓް
  2. ތަޖްރިބާ:  30 ޕޮއިންޓް
  3. ފައިސާ ދައްކަން ހުށަހަޅާގޮތް : 05 ޕޮއިންޓް

5

 

ސުންގަޑި:

  • 29 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިންނެވެ.

6

 

އިވެލުއޭޓްކުރެވޭނެގޮތް:

  • މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް މިކުންފުނީގެ އިވެލުއޭޝަން ކޮމެޓީއަށް ފޮނުވައި އިވެލުއޭޓްކޮށް ، އެންމެ އެކަށީގެންވާ ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ. އަދި މިމަސައްކަތް ހަވާލުކުރާ ފަރާތަށް އެމަސައްކަތް ނުކުރެވެއްޖެނަމަ 2 ވަނަ އަށް އެންމެ އެކަށީގެންވާ ފަރާތަކަށް މަސައްކަތް ހަވާލުކުރުމުގެ އިޚްތިޔާރު ޕީ އެސް އެމް އަށް ލިބިގެން ވެއެވެ.

7

 

މަސައްކަތް ޙަވާލުކުރުން

  • ޕްރޮޕޯސަލްތައް ކޮމެޓީން އިވެލުއޭޓްކޮށް އެންމެ މަތީމާކްސް ލިބޭ ފަރާތާ/ ފަރާތްތަކާ މަސައްކަތް ޙަވާލުކުރެވޭނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

8

 

ޕްރޮޕޯސަލް ބަލައިގަންނާނީ ދެވިފައިވާ މެއިލް އެޑްރެސްއިންނެވެ.

 

 

                    05 ޞޮފަރު  1441   

                   22 ސެޕްޓެމްބަރ  2020     

23 ސެޕްޓެންބަރު 2020
ހޯދާ