| މަޤާމް: | އެސިސްޓެންޓް ޑިރެކްޓަރ | 
| މަޤާމުގެ ނަންބަރު: | J-322836   | 
| ބޭނުންވާ އަދަދު: | 1 | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| މަޤާމުގެ ރޭންކް: | އެމް. އެސް. 3 | 
| މަޤާމުގެ ކްލެސިފިކޭޝަން: |  ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | 
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ | 
| ސެކްޝަން/ޔުނިޓް: | ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ސޭފްޓީ ނެޓް ޔުނިޓް | 
| މުސާރަ: | މަހަކު -/7035 ރުފިޔާ | 
| ސަރވިސް އެލެވަންސް: | މަހަކު -/2000 ރުފިޔާ   | 
| އެހެނިހެން އެލަވަންސް:   | 
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝިއަލް ޕޮލިސީ، ސޯޝަލް ސައިންސް ގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި 1969.80 ރުފިޔާ ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/900ރުފިޔާ ލިބޭނެއެވެ. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |   
އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ އެހީގެ ޕްރޮގްރާމްތަކަށް (ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް،ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ) އެދި ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ޑޭޓާބޭސްއިން ޕްރޮސެސް ކުރުމަށް ބޭނުންވާ ފަންނީ އިރުޝާދުތައް ސެކްޝަންގެ މުވައްޒަފުންނަށް ފޯރުކޮށްދީ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.   
އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ތަންފީޒުކުރެވޭ އެހީގެ ޕްރޮގްރާމްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީއަށް އެދި ހުށަހަޅާ ފޯމުތައް އެކަމަށް ކަނޑައެޅިފައިވާ ޑޭޓާބޭސް (އެސް.ޕީ.އައި.އެސް) އަށް އެޅުމުން އޭގައި ހިމެނޭ މަޢުލޫމާތު ވެރިފައިކޮށް ފޯމުތައް ޕްރޮސެސްކުރުމަށް އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެކަން ފާހަގަކޮށް މުވައްޒަފުންނަށް ބޭނުންވާ އިރުޝާދު ދިނުން.   
އިޖްތިމާޢީ ރައްކާތެރިކަމާ ގުޅޭ އެންމެހައި ޕްރޮގްރާމްތަކުގެ ދަށުން މާލީއެހީ ލިބޭ ފަރާތްތަކަށް އެހީ ދިނުމުގެ ގޮތުން ކޮންމެ މަހަކު އެހީލިބޭ ފަރާތްތަކުގެ ލިސްޓް ޑޭޓާބޭސްއިން ޖެނެރޭޓް ކުރުމަށްފަހު، ވެރިފައިކޮށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސް ސެކްޝަނަށް ލިސްޓް ހަވާލުކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.   
އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ކޮމިޓީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ ދިނުމާގުޅޭ ކޮމިޓީ އަދި ތެރަޕީގެ އެހީ ދިނުމާގުޅޭ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެ ކޮމިޓީއަށް ހުށަހަޅާ ފޯމުތައް ނިންމުމަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާ ދިނުން.   
އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީއެހީ ދިނުމަށް އެކުލަވާލެވިފައިވާ ލިސްޓުތައް މަހުންމަހަށް އަޕްޑޭޓް ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މުވައްޒަފުންނަށް އިރުޝާދުދީ އަދި ގެނެވޭ ބަދަލުތައް ވެރިފައިކުރުން.   
އެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅޭ އެންމެހައި ޕްރޮގްރާމްތަކާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތަކާއި ސިޔާސަތުތައް އެކުލަވާލުމުގައި، ޕްރޮގްރާމްތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް އެޑްރެސްކުރުމަށް ބޭނުންވާ ފަންނީ ލަފާ ސެކްޝަންގެ ވެރިޔާއާ ހިއްސާކޮށް އެމަޢުލޫމާތު ޕޮލިސީ ސެކްޝަނަށް ދިނުމާ، އަދި ސިޔާސަތުތަކާއި ގަވާއިދުތައް ކަނޑައެޅުމުގައި ޕޮލިސީ ސެކްޝަނާ އެއްކޮށް މަސައްކަތްކޮށް ގެންނަންޖެހޭ ބަދަލުތައް ރިވިއުކޮށް އެބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.   
އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ އެހީގެ ޕްރޮގްރާމްތަކުގެ ތެރެއިން ފަޤީރުކަމުގެ ހާލަތަށް ރިޢާޔަތްކޮށް ވަލްނަރަބްލް ފަރާތްތަކަށް އަމާޒުކުރެވިގެން ދެވޭ އެހީތަކާ ގުޅިގެން ސޯޝަލް ޕްރޮޓެކްޝަން އިންފޮރމޭޝަން ސިސްޓަމް (އެސް.ޕީ.އައި.އެސް) އަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެ ބަދަލުތައް ސެކްޝަންގެ ވެރިއާގެ އިރުޝާދުގެ ދަށުން ސޮފްޓްވެއަރ ޑިވެލޮޕަރއާ ހިއްސާކޮށް އެ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.   
އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ތަންފީޒުކުރެވޭ ޕްރޮގްރާމްތަކުގެ ގަވާއިދާއި ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކާ ގުޅިގެން އެސް.ޕީ.އައި.އެސް އަށް ގެންނަން ޖެހޭ ބަދަލުތަކާގުޅޭ ފަންނީ ލަފައާއި އިރުޝާދު ސޮފްޓްވެއަރ ޑިވެލޮޕަރއަށް ދީ އެކަން ކުރެވޭކަން ކަށަވަރުކުރުން. އަދި އެބަދަލުތަކާ ގުޅިގެން މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުން.   
އިޖްތިމާޢީ ރައްކާތެރިކަމާ ގުޅޭ އެންމެހައި ޕްރޮގްރާމްތަކުގެ ދަށުން ދެވޭ މާލީއެހީގެ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ހިންގާ ނުހިނގާގޮތް ގަވާއިދުން ބަލައި ސުޕަވައިޒް ކުރުން.   
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ޕްރޮގްރާމް ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އިރުޝާދުތައް ޑިސެބިލިޓީ އެއިޑް ޔުނިޓުގެ މުވައްޒަފުންނަށްދީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ޕްރޮގްރާމް ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުން.   
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ޕްރޮގްރާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ ފަންކްޝަނަލް އެސެސްމަންޓް ހަދަންޖެހޭ ފަރާތްތަކުގެ ފަންކްޝަނަލް އެސެސްމަންޓް ހެދުމަށް މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ފަންނީ މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމާ، އެކަމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން.   
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުން ތެރަޕީގެ ޚަރަދު ހަމަޖެއްސުމުގެ ޕްރޮގްރާމް ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އިރުޝާދުތައް ސެކްޝަންގެ މުވައްޒަފުންނަށްދީ އެ ޕްރޮގްރާމް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.   
އިޖްތިމާޢީ ރައްކާތެރިކަމާ ގުޅޭ ހުރިހާ ޕްރޮގްރާމްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ޕްރޮގްރާމާގުޅޭ ތަފާސްހިސާބުތައް ބަލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް ބޭނުންވާ ރިޕޯރޓުތައް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކާ ކަނޑައެޅޭ މުއްދަތުތަކުގައި ހިއްސާކުރުން.   
އިޖްތިމާޢީ ރައްކާތެރިކަމާގުޅޭ ޕްރޮގްރާމްތަކާ ގުޅިގެން ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ސްޓޭކްހޯލްޑަރުންނާއެކު ކުރަންޖެހޭ މަސައްކަތްތައް ޕްރޮގްރާމް ސެކްޝަންގެ ފަރާތުން ވިލަރެސްކުރުމާއި، ޕްރޮގްރާމްތަކާ ގުޅޭގޮތުން އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެޖެންސީއިން ތައްޔާރުކުރަންޖެހޭ ފަންނީ ކަރުދާސް ތަކާއި ރިޕޯރޓުތައް ސެކްޝަން އަދި އެޖެންސީގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ ދަށުން ތައްޔާރުކޮށް އެޖެންސީ ތަމްސީލު ކުރަންޖެހޭ ހާލަތްތަކުގައި އެޖެންސީ ތަމްސީލުކުރުން.   
އިޖްތިމާޢީ ރައްކާތެރިކަމުގެ ދަށުން ދެވޭ މާލީއެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވުމަށްފަހު އިތުރަށް ފައިސާ ދެވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޗެކްކޮށް ރިކަވަރީ ޔުނިޓަށް ހިއްސާކުރުން.   
ސޯޝަލް ސޭފްޓީ ނެޓް ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ރާވައި، މަސައްކަތަށް ބޭނުންވާ ހުނަރާއި ތަމްރީނުތައް ލިބޭނެ މަގުފަހިކޮށްދީ، މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ޕަރފޯމަންސް އެޕްރެއިޒަލް ހެދުން.   | 
| މަޤާމުގެ ޝަރުޠުތައް:                 ގުޅޭ ވަޒީފާގެ ދާއިރާތައް: | ޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝިއަލް ޕޮލިސީ، ސޯޝަލް ސައިންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޯޝަލް ސާވިސަސްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.   ނުވަތަ    ޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝިއަލް ޕޮލިސީ، ސޯޝަލް ސައިންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.   ސޯޝަލް ސާވިސަސް | 
| ހުށަހަޅަންޖެހޭ ލިޔުންތައް:   | 
ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.   (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.   (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް (ނ)  އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
ލިބިފައިވާ ތަޢުލީމަށް ބަލައިގެންމަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނަށް ބަލައިގެން"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" ގެ މާރކްސް އަށް ބަލައިގެންމަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ އަށް ބަލައިގެންއިންޓަވިއު އަދި ޕްރެކްޓިކަލްސް ގެ މާރކސް އަށް ބަލައިގެންމަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް( އިންސައްތައަށްވުރެ މަތިވުން.  (ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ)   | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16ސެޕްޓެންބަރު 2020  ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] އަދި ފެކްސް 3003535 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.   | 
|   |   | 
| ޝޯޓް ލިސްޓްކުރުން:   | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.     | 
| އިންޓަވިއު އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު: އޮންނާނެ ތަނާއި، މުއްދަތު:             "ވަޒީފާއަށް     ކުރިމަތިލީ  ފަރާތްތަކަށް ޕޮއިންޓް ލިބުނު  ގޮތުގެ ޝީޓް (A2 ފޯމު)"  އާންމުކުރުން   | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 2020 ސެޕްޓެންބަރު 17 ން 2020 އޮކްޓޫބަރު 16 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ ގައެވެ.           އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްމަނަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.     މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3005353  އެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.   |