ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ ނަންބަރ: IUL)101/1/2020/138)
އިޢުލާން
ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ބޭނުންވާ ފަރނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ) އިން ފަންޑު ކޮށްގެން، މި މިނިސްޓްރީއިން ތަންފީޛުކުރަމުންދާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން، ސިންގަލް ވިންޑޯ ސިސްޓަމްގެ އޮޕަރޭޓަރގެ ގޮތުގައި ކަނޑައަޅާފައިވާ ކުންފުނި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓަޑްއަށް ބޭނުންވާ ބައެއް ފަރނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ކާމިޔާބުކުރާ ފަރާތާއެކު ޚިދުމަތާއި ތަކެތި ހޯދުމަށް މި މިނިސްޓްރީއިން ސޮއިކުރާ އެއްބަސްވުން އެކުލަވާލެވޭނީ، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އޭ.ޑީ.ބީ ގެ ޝަރުތުތައް ނުވަތަ ޓާރމްސް އެންޑް ކޮންޑިޝަންސްގެ ދަށުންނެވެ.
ފަރނީޗަރ ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވަޑައިގަންނަވާ ފަރާތްތަކުން، 09 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިމިނިސްޓްރީއަށް (ބޮޑުތަކުރުފާނުމަގުގައި ހުންނަ އިމާރާތް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެވެމެ.
މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، ގެޒެޓްގައި ޝާއިޢުކޮށް އަދި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 7667767 އަށް ގުޅުއްވުން އެދެމެވެ.
ބިޑް ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި/ލިޔެކިއުން؛
- ފުރިހަމަކޮށް، ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
- އެސްޓިމޭޓް / ކޯޓޭޝަން (ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ހިމަނައިގެން)
- ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
- އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
- އަގުހުށަހަޅާ ތަކެތީގެ ކަންޓްރީ އޮފް އޮރިޖިން ބަޔާންކުރާ ލިޔުން.
- ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
- ފޯމް އޮފް ކޯޓޭޝަން (ގެޒެޓްގައި ހިމެނިފައި)
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
- އެސް އެމް އީ ރަޖިސްޓްރޭޝަން ކޮޕީ
- ޓެކްސް ކްލިއަރެންސް ރިޕޯޓް
06 ސެޕްޓެމްބަރ 2020
