ދިވެހިރާއްޖެ
| ވަޒީފާގެ ފުރުޞަތު | ނަންބަރު: 19(IUL)197-A1/1/2020/ | |
| ތާރީޚް: 19 ޖުލައި 2020 | ||
| މަޤާމް | ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން | ރޭންކް: MS 3 | 
| ބޭނުންވާ ޢަދަދު | 01 | 
 | 
| މަސައްކަތްކުރަންޖެހޭ ތަން | ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | |
| އަސާސީ މުސާރަ | -/7035 ރުފިޔާ | |
| މަޤާމަށް ކަނޑައެޅިފައިވާ އިތުރު އެލަވަންސްތައް | - ޖުޑީޝަލް އެލަވަންސް: 3517.5 ރ (އަސާސީ މުސާރައިގެ %50) - ސަރވިސް އެލަވަންސް: -/2000 - ލިވިންގ އެލަވަންސް: -/3000 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. | |
| އަސާސީ ޝަރުޠު | 1- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 3- މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން. | |
| މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު | 1- ސުޕްރީމް ކޯޓުގައި ބޭނުންކުރާ ސޮފްޓްވެއަރތަކާއި އެޕްލިކޭޝަންތައް މެއިންޓެއިންކޮށް ބަލެހެއްޓުން. 2- ސުޕްރީމް ކޯޓުން ޑިވެލޮޕްކުރަން ބޭނުންވާ ސޮފްޓްވެއަރތައް ފަރުމާކޮށް ޑިވެލޮޕްކުރުމާއި ބޭނުންކުރަމުންދާ ސޮފްޓްވެއަރތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. 3- ސުޕްރީމް ކޯޓުގެ ވެބްސައިޓް އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. 4- ސުޕްރީމް ކޯޓުގައި އަލަށް ބޭނުންކުރަން ފަށާ ސޮފްޓްވެއަރތަކާއި ބޭނުން ކުރަމުންދާ ސޮފްޓްވެއަރތަކަށް މުވައްޒަފުން އަހަލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ބޭއްވުން. 5- ސުޕްރީމް ކޯޓަށް ޚާއްޞަ އީ-ކޯޓު ނިޒާމާއި އޮންލައިން ޕޯޓަލްތައް ފަރުމާކޮށް އެފަދަ ނިޒާމުތައް ގާއިމުކުރުމަށް ޔުނިޓް ހެޑަށް އެހީތެރިވެދިނުން. 6- ސުޕްރީމް ކޯޓުގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ މައްސަލަ ޙައްލުކުރުން. 7- ސުޕްރީމް ކޯޓަށް ބޭނުންވާ އައި.ޓީ އާ ގުޅޭ ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން. 8- ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ ރަސްމީ އީ-މެއިލް އެޑްރެސް ބޭނުންކުރެވޭނެ ގޮތް ހަދައިދުނުމާއި، ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުން. 9- ވިންޑޯސް ސަރވަރ އިންސްޓޯލްކޮށް މެނޭޖްކޮށް ބެލެހެއްޓުން. 10- ނެޓްވަރކުގައި ރައްކާކުރެވިފައިވާ މަޢުލޫމާތުގެ ބެކަޕް ޤަވާޢިދުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 11- ސުޕްރީމް ކޯޓުގެ ނެޓްވަރކަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ޙައްލުކޮށް ނެޓްވަރކްގެ ޚިދުމަތް މެދުނުކެނޑި ލިބެންހުންނާނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުން. 12- ސުޕްރީމް ކޯޓުގައި ޤާއިމްކޮށްފައިވާ އިންޓަރނެޓް ކަނެކްޝަންގައި ދިމާވާ ތަފާތު މައްސަލަ ޙައްލުކުރުމާއި އިންޓަރނެޓްގެ ކަނެކްޝަން ސްޕީޑް ވަކިހަމައެއްގައި ހުރޭތޯ ބެލުމާއި ސްޕީޑް ދައްވާނަމަ އެކަން ޚިދުމަތްދޭ ފަރާތުގެ ނެޓްވަރކުގައި ރައްކާކުރެވިފައިވާ މަޢުލޫމާތުގެ ބެކަޕް ޤަވާޢިދުން ނެގޭނެ އިންތިޒާމް ހަމަޖައްސާ ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 13- އެޓެންޑެންސް، ޑޯއެކްސެސް އަދި ސީސީޓީވީ ކެމެރާ ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުން. 14- ނެޓްވަރކް މެނޭޖްމަންޓް ސެކްޝަންގެ ހެޑް ޗުއްޓީ ނުވަތަ ސަލާމުގައި ހުންނަވާ ދުވަސްތަކުގައި މެމޯތައް އެޕްރޫވް ކުރުމާއި ސޮއިކުރަންޖެހޭ ލިޔުންތަކުގައި ސޮއިކުރުން. 15- ސެކްޝަންގެ ހެޑްގެ މަޝްވަރާގެ މަތިން ނެޓްވޯކް މެނޭޖްމަންޓް ސެކްޝަންގެ ކަންކަން ރާވާ ހިންގައި އަދި ބެލެހެއްޓުން. | |
| ތަޢުލީމީ ދާއިރާ | ކޮމްޕިއުޓަރ ސައިންސް / އައިޓީގެ ދާއިރާ | |
| މަސައްކަތާ ގުޅޭ ތަޢުލީމީ ސެޓްފިކެޓް | އިންފޮމޭޝަން ޓެކްނޮލޮޖީ / ނެޓްވަރކް މެނޭޖްމަންޓް / އައިޓީ ސެކިއުރިޓީ | |
| ހުށަހަޅަންޖެހޭ ތަކެތި | 1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. 6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. 7- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) | |
| ސުންގަނޑި | މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2020 އޮގަސްޓު 05 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަޕހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. | |
| އެހެނިހެން ޝަރުތު | 
 | |
| މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް | 
 | |
| އިތުރު މަޢުލޫމާތު | 
 | |
 
                    