ދިވެހިރާއްޖެ
| ވަޒީފާގެ ފުރުޞަތު | ނަންބަރު:18(IUL)197-A1/1/2020/ | |
| ތާރީޚް: 19 ޖުލައި 2020 | ||
| މަޤާމް | އެޑްމިނިސްޓްރޭޓިވް އޮފިސަރ | ރޭންކް: ޖީ.އެސް 3 | 
| ބޭނުންވާ ޢަދަދު | 01 | 
 | 
| މަސައްކަތްކުރަންޖެހޭ ތަން | ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | |
| އަސާސީ މުސާރަ | -/4465 ރުފިޔާ | |
| މަޤާމަށް ކަނޑައެޅިފައިވާ އިތުރު އެލަވަންސްތައް | 1- ޖުޑީޝަލް އެލަވަންސް: 50/2232 (އަސާސީ މުސާރައިގެ %50) 2- ސަރވިސް އެލަވަންސް: -/1500 3- ލިވިންގ އެލަވަންސް: -/3000 4- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. 5- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. | |
| އަސާސީ ޝަރުޠު | 1- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނާކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ، 2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. | |
| މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު | 1- ޝަރީޢަތުގެ މަޖިލީހުގައި ރެކޯޑުކުރެވޭ ރެކޯޑިންގތައް ލިޔެ، މަހުޟަރު ބަޔާންތައް ތައްޔާރުކޮށް ޝަރުޢީ ސެކްޝަންތަކަށް ފޮނުވުން. 2- ސެކްޝަންގެ ޔައުމިއްޔާ ލިޔުން. 3- ސެކްޝަންގެ އެންޓްރީ އަދި އެހެނިހެން ލިޔުންތައް ސެކްޝަނާ ހަވާލުވެ ހުންނެވި ވެރިއަކަށް ފޯރުކޮށްދިނުމާއި، ލިޔެކިޔުންތައް ކަމާބެހޭ ފަރާތްތަކަށް ޙަވާލުކުރުން. 4- ޑިސްޕެޗްކުރަން ޙަވާލުކުރާ ސިޓީތަކާއި ލިޔުންތައް ޑިސްޕެޗް ކުރުން. 5- ސެކްޝަނަށް އަންނަ ލިޔުންތަކާއި ސެކްޝަނުން ފޮނުވާ ލިޔުންތަކުގެ ފައިލް ތައްޔާރުކޮށް ބެލެހެއްޓުން. 6- ކޯޓު އޮފިސަރުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން. | |
| ތަޢުލީމީ ރޮނގު | އެޑްމިނިސްޓްރޭޝަން ދާއިރާ | |
| ގުޅޭ ވަޒީފާގެ ދާއިރާތައް | 
 | |
| ހުށަހަޅަންޖެހޭ ތަކެތި | 1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. 6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. 7- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) | |
| ސުންގަނޑި | މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2020 އޮގަސްޓު 06 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. | |
| އެހެނިހެން ޝަރުތު | 
 | |
| މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް | 
 | |
| އިތުރު މަޢުލޫމާތު | 
 | |
 
                    