ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
12 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2014

މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުންއަންނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ފެތުންތެރިންނާއި ފެތުމުގެ ހަރަކާތްތައް ހިންގަމުންގެންދާ ކްލަބްތަކުގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވަމެވެ.

މުބާރާތުގެ ތަފުޞީލު:

-  މުބާރާތުގެ ނަން: 12 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2014

-  މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު: އެޕްރީލް 29 ން 3 މެއި 2014 އަށް

-  މުބާރާތް ބޭއްވޭތަން: މާލޭ ސްވިމިންގ ޓްރެކް

  • މިމުބާރާތުގެ ގަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމު، 16 އެޕްރީލް ވާ ބުދަދުވަހުން ފެށިގެން އާންމުކުރާނެ ވާހަކަ ދަންނަވަމެވެ.
10 އޭޕްރިލް 2014
ހޯދާ