ދިވެހިރާއްޖެ
`
މާޅެންދޫ ސްކޫލް
ނ. މާޅެންދޫ
ނަމްބަރ:GS114/2020/05-1UL
އިޢުލާން
ވަޒީފާގެ ފުރުސަތު:
މަޤާމް: ރިލީފް ޓީޗަރ ( ޤުރުއާން )
ބޭނުންވާ ޢަދަދު : 1 (އެކެއް)
މުއްދަތު: 5 މަސް
ވަޒީފާ އޮތް އޮފީސް: މާޅެންދޫ ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: މާޅެންދޫ ސްކޫލް
މަޤާމުގެ ގިންތި: ވަގުތީ
މަޤާމުގެ ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް
މުސާރަ: -/4500 ރުފިޔާ- 6090/- ދެމެދު
ސަރވިސް އެލަވަންސް: -/1500 ރުފިޔާ -/2500 ރުފިޔާ އާއި ދެމެދު
ޝަރުތު:
އެސް.އެސް.އީ އިމްތިޙާންގެ ދެ މާއްދާއިން ސީ ގްރޭޑް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައި ވުމާއިއެކު އޯލެވެލް އިމްތިޙާންގެ ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން ނުވަތަ ކިޔަވައިދިމުގެ ދާއިރާއިން ޤައުމީސަނަދު އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
| 
 ޝަރުތު  | 
 މުސާރަ  | 
 އެލަވަންސް  | 
| 
 ސާނަވީ ތަޢުލީމް ހާޞިލް ފުރިހަމަ ކުރުން ކަމަށްވާނަމަ  | 
 4500.00 ރުފިޔާ  | 
 1500.00 ރުފިޔާ  | 
| 
 މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކުރުން ކަމަށްވާނަމަ  | 
 5500.00 ރުފިޔާ  | 
 1500.00 ރުފިޔާ  | 
| 
 ކިޔަވައި ދިނުމުގެ ރޮގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލް ކުރުން ކަމަށްވާނަމަ  | 
 6090.00 ރުފިޔާ  | 
 2500.00 ރުފިޔާ  | 
| 
 1-ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން 2- ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން 3- ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން 4- ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމެންޓް ޕޭޕަރާއި، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރު އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން 5- ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން 6- ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން 7- ކުލާހުގައާއި ކުލާހުން ބޭރުގައި ސްކޫލުގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާގީ ކަންތައްތައް ބެލެހެއްޓުން 8- ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން 9- ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން 10- ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން 11- ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން. 12- ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތަށް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން. 13- ރިލީފް ގަޑި ނެގުން 14- ސްކޫލްގައި ހިންގާ ކުލަބް ޙަރަކާތްތައް ހިންގުން 15- ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން 16- ސްކޫލްގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން 17- މުދައްރިސުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިވުން 18- ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން 19- ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން ހަފްތާއަކު 35 މިނިޓްގެ 25 އާ 30 އާ ދެމެދުގެ ގަޑި ނުވަތަ 45 މިނިޓްގެ 20 އާ 25 އާ ދެމެދުގެ ގަޑި ނެގުން. 20- ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން. 21- ސާނަވީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ޤުރުއާން މާއްދާގައި ކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އެސެސްމަންޓްތައް ދަރިވަރުން ލައްވާ ކުރުމުގެ އެންމެހާ އިންތިޒާމްތައް ވިލަރެސްކޮށް ބެލެހެއްޓުން 22- ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުން ޤުރުއާން ހިތުދަސްކުރުމާއި ބަލައިގެން ކިޔުމުގެ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން 
 
  | 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
  | 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 
 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  | 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
| 
 އިތުރު މަޢުލޫމާތު 
 ވަޒީފާއަށް އެދި ހުށައަޅާ ފޯމާއިއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ އެފޯމް ބާޠިލްކުރެވޭނެއެވެ. 
 މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. ސުންގަޑި މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 11 މާރޗް 2020 ހޯމަ ބުދަ ދުވަހުގެ މެންދުރު 12.00 ގެ ކުރިން މިސްކޫލަށް ފޯމް ހުށައެޅުއްވުން އެދެމެވެ. އިންޓަރވިއު ކުރެވޭނެ ތަނާއި ތާރީޚް ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އިންޓަރވިއުކުރުން އޮންނާނީ އިޢުލާންގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި މިސްކޫލުގައެވެ. އިންޓަވިއުއަށް ހާޟިރުވެލައްވާއިރު ހުށައަޅުއްވާ ޑޮކިޔުމަންޓްތަކުގެ އަސްލު ގެންނެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 
 
  | 
