އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފޭދޫ އަވަށުގެ 02 މިސްކިތް މަރާމާތު ކުރުމާއި ބެހޭ
އިޢުލާން
މި އަވަށުގެ ތިރީގައި އެވާ 02 މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މަސްޖިދުލް އައްވާބީން
- މަސްޖިދުއް މުނައްވަރު
ވީމާ ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 މާރޗް 2020 (ބުރާސްފަތި) ދުވަހުގެ 10.00 އަށް މި އޮފީހަށް ވަޑައިގެން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު 09 މާރޗް 2020 (ހޯމަ) ދުވަހުގެ 10.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ އަގާއި މަސައްކަތުގެ އަގު އަދި ޖީ.އެސް.ޓި ވަކިން އެގޭގޮތަށް ހުށަހެޅުއްވުން އެދެމެވެ.
މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
06 ރަޖަބު 1431
01 މާރިޗު 2020
ހޯދާ