ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ތިރީގައި މި ދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- 18 ކޮމްޕިއުޓަރ ސިސްޓަމް
- 25 ކޮމްޕިއުޓަރ މޮނީޓަރ
- 10 މޮނޮކްރޯމް ލޭޒާ ޕްރިންޓާރ
- 03 ކަލާރ ލޭޒާ ޕްރިންޓާރ
ވީމާ ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ން ފެށިގެން 26 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 04 މާރޗް 2020 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03 މާރޗް 2020 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 03 މާރޗް 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]
25 ޖުމާދުލްޢޫލާ 1441
19 ފެބުރުވަރީ 2020