ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގދ. ވާދޫ އިންޖީނުގޭގައި ވޯކްޝޮޕެއް އިމާރާތްކޮށް އަދި އިންޖީނުގޭގެ އަސްކަނި މަރާމަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

 

ނަންބަރު: FNK-I/IUL/2020/054  

އިޢުލާން

ގދ. ވާދޫ އިންޖީނުގޭގައި ވޯކްޝޮޕެއް އިމާރާތްކޮށް އަދި އިންޖީނުގޭގެ އަސްކަނި މަރާމަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

      މިކުންފުނީގެ ގދ. ވާދޫ އިންޖީނުގޭގެ ވޯކްޝޮޕް އަދި އަސްކަނި މަރާމާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރަށް ކުރެވުނު އިއުލާނަށް ފުރިހަމަ ތަރުހީބެއް ލިބިފައިނުވާތީ އަލުން މި ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއި އެއްގޮތަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި މި ކުންފުނީގެ ގދ.ވާދޫ ބްރާންޗަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

25 އިން 27 ފެބްރުއަރީ 2020

09:00 އިން 14:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

02 މާރިޗް 2020

14:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

04 މާރިޗް 2020

10:00 ހެނދުނު

           

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

                        ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

19 ފެބްރުއަރީ 2020             

 

 

19 ފެބުރުވަރީ 2020
ހޯދާ