ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ، ޓެކްނީޝަން (ހއ.މާރަންދޫ ބްރާންޗް)

ނަންބަރު:FNK/A/IUL/2020/85 

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ހއ.މާރަންދޫ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

ޓެކްނީޝަން

މަޤާމް:

02 (ދޭއް)

ބޭނުންވާ އަދަދު:

ޓެކްނިކަލް މެއިންޓެނެންސް އެންޑް ޕަވަރ ޕްލާންޓް ޑިއުޓީ

ޑިޕާޓްމަންޓް:

ހއ.މާރަންދޫ ބްރާންޗް

މަސައްކަތް ކުރާތަން:

3000ރ. (ތިންހާސް ރުފިޔާ)

މުސާރައާއި އިނާޔަތްތައް:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގެ މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤަބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

ޑެޕިއުޓީ މެނޭޖަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

އެޗް.އާރް، ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް

ޑިޕާޓްމަންޓް:

ހއ.މާރަންދޫ ބްރާންޗް

މަސައްކަތް ކުރާތަން:

4900ރ. (ހަތަރުހާސް ނުވަސަތޭކަ ރުފިޔާ)

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން ނުވަތަ

(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހއ.މާރަންދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

23 ޖުމާދުލްއާޚިރު 1441

17 ފެބްރުއަރީ 2020

17 ފެބުރުވަރީ 2020
ހޯދާ