ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޖިނިއަރ (ސިވިލް)، އެސިސްޓެންޓް އިންޖިނިއަރ (ސިވިލް)

ނަންބަރު:  FNK/A/IUL/2020/83

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އިންޖިނިއަރ (ސިވިލް)

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިޕާޓްމަންޓް

ޑިޕާޓްމަންޓް / ޔުނިޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭތަން:

-/10100ރ. (ދިހަހާސް އެއްސަތޭކަ ރުފިޔާ)

އަސާސީ މުސާރަ:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %40

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ހައެއް) ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 9 (ނުވައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 6 (ހައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 (ނުވައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ                      

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) ޑިޕާރޓްމަންޓުގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ނުވަތަ އިމީޑިއެޓް ސްޕަވައިޒަރގެ ޚިޔާލާއި އެއްގޮތަށް ޑިޕާރޓްމަންޓުގައި ކުރެވޭ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތައް ރާވާހިންގުމުގައި އެހީތެރިވުން، މިގޮތުން އާރކިޓެކްޗަރަލް، ސްޓްރަކްޗަރަލް އަދި ސަރވިސަސް ކުރެހުންތައް ތައްޔާރުކުރުން.

(ށ) ކުންފުނީގެ ބްރާންޗްތަކަށް ދަތުރުކޮށް ރޭވިފައިވާ މަޝްރޫޢުތަކުގެ ސައިޓް ސަރވޭކޮށް އެންލައިޒް ކުރުން. 

(ނ) ކުންފުނިން ޓެކްނިކަލް ޑިޒައިންކޮށް ނިންމާ މަސައްކަތްތަކުގެ"އޭޒް-ބިލްޓް" ކުރެހުންތައް ތައްޔާރުކުރުން. އަދި ކޮންޓްރެކްޓަރ ހުށަހަޅާ މިފަދަ ކުރެހުންތައް ރަގަޅުތޯ ބެލުން.

(ރ) ހިންގޭ މަޝްރޫޢުތަކުގެ އެސެސްމަންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން.

(ބ) ހަވާލުކުރެވިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަނީ ޓެކްނިކަލީ އެންމެ ރަނގަޅަށްތޯ ބަލާ ޔަޤީންކުރުން.

(ޅ) މަޝްރޫޢުތައް ހިންގުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ފަންނީ ލަފާ އަދި އެހީތެރިކަން ދިނުން.

(ކ) މަޝްރޫޢުތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި ކޯޑިނޭޓްކޮށް ތަފްސީލް ޤަވާއިދުން ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.

(އ) ރަނގަޅު މަސައްކަތުގެ މާހައުލެއް ބިނާ ކުރުމުގައި އެހީތެރިވެދިނުން. މިގޮތުން، ސެކްޝަންގެ މުވައްޒަފުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، މުވައްޒަފުން މެދުގައި ރަނގަޅު ޓީމްވޯކް އަކާއި މަސައްކަތްކުރުމުގެ ރޫހު އާލާކުރުން.

(ވ) މަޝްރޫޢުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ދަތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި ބްރާންޗްތަކަށް ދަތުރުކުރުން. އަދި ޑިޕާޓްމަންޓުގެ ވެރިން އެދިލައްވައިފި ހިނދެއްގައި ހިންގަމުންދާ މަޝްރޫޢޫތަކުގެ ހާލަތު ބެލުމަށް އެ ސައިޓްތަކަށް ދަތުރުކުރުން.

(މ) ޔުނިޓްގައި މަސައްކަތްކުރާ ޖޫނިއަރ ޓެކްނިކަލް މުވައްޒަފުންނަށް މަސައްކަތް ޑެލިގޭޓްކޮށް، އެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.

(ފ) ޑިޕާރޓްމަންޓުގެ އެންމެ އިސްފަރާތަށް ފަންނީ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

މަސްޢޫލިއްޔަތުތައް:

 

އެސިސްޓެންޓް އިންޖިނިއަރ (ސިވިލް)

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިޕާޓްމަންޓް

ޑިޕާޓްމަންޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭތަން:

-/7100ރ. (ހަތްހާސް އެއްސަތޭކަ ރުފިޔާ)

މަޤާމުގެ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ޙާސިލްކޮށްފައިވުން،  ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) ޑިޕާރޓްމަންޓުގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ނުވަތަ އިމީޑިއެޓް ސްޕަވައިޒަރގެ ޚިޔާލާއި އެއްގޮތަށް ޑިޕާރޓްމަންޓުގައި ކުރެވޭ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތައް ރާވާހިންގުމުގައި އެހީތެރިވުން، މިގޮތުން އާރކިޓެކްޗަރަލް، ސްޓްރަކްޗަރަލް އަދި ސަރވިސަސް ކުރެހުންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.

(ށ) ކުންފުނީގެ ބްރާންޗްތަކަށް ދަތުރުކޮށް ރޭވިފައިވާ މަޝްރޫޢުތަކުގެ ސައިޓް ސަރވޭކޮށް އެނެލައިޒް ކުރުން. 

(ނ) ކުންފުނިން ޓެކްނިކަލް ޑިޒައިންކޮށް ނިންމާ މަސައްކަތްތަކުގެ "އޭޒް-ބިލްޓް" ކުރެހުންތައް ތައްޔާރުކުރުން. އަދި ކޮންޓްރެކްޓަރ ހުށަހަޅާ މިފަދަ ކުރެހުންތައް ރަގަޅުތޯ ބެލުން.

(ރ) ހިންގޭ މަޝްރޫޢުތަކުގެ އެސެސްމަންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން.

(ބ) ހަވާލުކުރެވިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަނީ ޓެކްނިކަލީ އެންމެ ރަނގަޅަށްތޯ ބަލާ ޔަޤީންކުރުމުގައި އެހީތެރިވުން.

(ޅ) މަޝްރޫޢުތައް ހިންގުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ފަންނީ ލަފާ އަދި އެހީތެރިކަން ދިނުން.

(ކ) މަޝްރޫޢުތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި ކޯޑިނޭޓްކޮށް ތަފްސީލް ޤަވާއިދުން ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.

 (އ) މަޝްރޫޢުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ދަތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި ބްރާންޗްތަކަށް ދަތުރުކުރުން. އަދި ޑިޕާޓްމަންޓުގެ ވެރިން އެދިލައްވައިފި ހިނދެއްގައި ހިންގަމުންދާ މަޝްރޫޢޫތަކުގެ ހާލަތު ބެލުމަށް އެ ސައިޓްތަކަށް ދަތުރުކުރުން.

(ވ) ޔުނިޓްގެ ސީނިއަރ ޓެކްނިކަލް މުވައްޒަފުން މަސައްކަތް ޑެލިގޭޓް ކުރުމުން އެމަސައްކަތްތައް  ކުރުން. ސުޕަވައިޒްކުރުން.

(މ) ޑިޕާރޓްމަންޓުގެ އެންމެ އިސްފަރާތަށް ފަންނީ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

މަސްޢޫލިއްޔަތުތައް:

 


ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުން (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  9:00 – 13:30 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

އީމެއިލް އެޑްރެސް: [email protected]

23 ޖުމާދަލްއާޙިރު 1441

17 ފެބްރުއަރީ 2020

 

17 ފެބުރުވަރީ 2020
ހޯދާ