ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެވުނު ފަނޑިޔާރުންނާއި އެޕެކޭޖްގައިވާ މުވައްޒަފުންނަށް ބޭނުންވާ ބައެއް ތަކެތި ހޯދުމާ ގުޅޭ

ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރާ ފަނޑިޔާރުންނާއި އެ ޕެކޭޖްގައި ހިމެނޭ މުވައްޒަފުންނަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރެވުނު ނަންބަރު 198-F/2020/11 (27 ޖަނަވަރީ 2020) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް އައިސްފައިވާތީ އެ އިޢުލާނު ބާޠިލުކޮށް ތިރީގައި މި ދަންނަވާ ތަކެތި މިޑިޕާޓްމަންޓަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

  • 05 ކޮމްޕިއުޓަރ ސިސްޓަމް
  • 02 ލެޕްޓޮޕް
  • 02 ސްކޭނަރ
  • 02 ޕްރިންޓަރ
  • 05 ބެކަޕް ބެޓަރީ
  • 01 އެކްސްޓަރނަލް ހާރޑް ޑިސްކް

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ އިޢުލާނާއި މަޢުލޫމާތުޝީޓުގެ ބައިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2020 ފެބްރުއަރީ 13 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އޮންނާނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ފެބްރުއަރީ 16 ވަނަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖުމާދަލްއާޚިރު 1441

08 ފެބުރުވަރީ 2020
ހޯދާ